މިދިޔަ ހުކުުރު ދުވަހުގެ ވަގުތެއްގައި މަންމަ އާއި ދަރިފުޅު ސިޓިންގ ރޫމްގައި ޓީވީ ބަލަން ތިއްބާ ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނައްޓާލާއިގެން އެގޭ ސިޓިންގ ރޫމް ތެެރެއަށް ވަދެއްޖެއެވެ.

އިންގްލޭންޑްގައި ހިނގި މި ހާދިސާގައި އަންހެނަކާއި އޭނަގެ ދަރިފުޅު މަރުން ސަލާމަތްވީ ކިރިޔާއެވެ. އެ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެގޭ ތެރެއަށް ވަން ކާރު އެ ދެމައިންގެ ގައިގާ ޖެހުނުއިރު، ވަރަށް ބޮޑަށް އެ ދެމައިންނަށް ވަނީ އަނިޔާވެފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ދެ މީހުންގެވެސް ހަށިގަނޑުގެ ގިނަ ކަށިތަކެއް ވަނީ ބިންދައިގެން ގޮސްފައެވެ. މި ހާދިސާގައި އެ ކުއްޖާގެ ބައްޕައަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އެ ހާދިސާގައި އަނިޔާވި ދެ މީހުންނަށް ވޯރސެސްޓާޝިރޭ ރޯޔަލް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. އަދި އެ ކާރު ދުއްވަން އިން މީހާ އެކްސިޑެންޓަށްފަހު ފިލައިގެން ގޮސްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އެ ކުއްޖާގެ ބައްޕަ ބުނީ، އެ މީހާއަކީ ސިފަ ދެނެގަންނާކަށް އޭނާއަށް ރަނގަޅަށް ނޭނގުނު ކަމަށެވެ. އެއީ އެއީ އެ މީހާ ފެނުނީ ފުރަގަހުންކަމަށް އޭނާ ބުންޏެވެ.

އެ ހާދިސާގައި އެގޭއަށްވެސް ގެއްލުންތަކެއް ވަނީ ލިބިފައެވެ. މިހާރު ފުލުހުން އެކަންތައް ހިނގާދިޔަ ގޮތް ބަލަމުން އަންނަކަަމަށް ވެއެވެ.

މި މައްސަލައާ ގުޅިގެން އެއްެވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.