އިންޑިއާގެ ބޮޑު ވަޒީރު ނަރަންދްރަ މޯދީ ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމަށް ފަހު އެކުލަވާލި ސަރުކާރުގައި ހިއުމަން ރިސޯސް ޑިވެލޮޕްމެންޓްގެ ވަޒީރުކަން ދެއްވި ރަަމޭޝް ޕޮކްރިޔާލް އަކީ މަކަރާއި ހީލަތުން ފޭކް ޑިގްރީއެއް ގެންގުޅުއްވާ ބޭފުޅަކަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އިންޑިއާގެ އެޑިއުކޭޝަން މިނިސްޓްރީ ހިންގަނީ ހިއުމަން ރިސޯސް ޑިވެލޮޕްމެންޓްގެ ނަމުގައެވެ. ތައުލީމާއި ގުޅުން ހުރި ހުރިހާ ސިޔާސަތެއް ކަނޑައަޅާ ތައުލީމާއި ބެހޭ ހުރިހާ ކަމެއް ކުރާނީ އެމިނިސްޓްރީންނެވެ.

ރަަމޭޝް ވަޒީރު ކަމުގެ ހުވާ ކުރެއްވުމާއި އެކު އޭނާ އަށް ފާޑުކިޔާ ފަރާތްތަކުން ވަނީ އޭނާ ގެންގުޅުއްވާ ދެ ޑޮކްޓަރޭޓް ފާހަކީ ފޭކެއް ކަމަށް ބުނެ ޓްވީޓް ކުރަން ފަށާފައެވެ.

ރަމޭޝް ވިދާޅުވާ ގޮތުން އޭނާ ޕީއެޗްޑީ ދެ ފާސް ދެއްވީ އޯޕެން އިންޓަނޭޝަނަލް ޔުނިވަސިޓީ އޮފް ކޮލަމްބޯ ނަމަކަށް ކިޔާ ޔުނިވަސިޓީ އަކުންނެވެ. ނަމަވެސް ސްރީލަންކާގެ ރަސްމީ ފަރާތްތަކުން ކަށަވަރު ކޮށްދީފައިވާ ގޮތުގައި އެނަން ކިޔާ ޔުނިވަސިޓީއެއް ސްރީލަންކާގައި ވެސް އަދި އެހެން ގައުމެއްގައި ވެސް ހިންގާފައެއް ނުވެއެވެ.

ރަމޭޝް ފޭކް ސެޓްފިކެޓެއް ގެންގުޅޭ ކަމަށް ބުނެ ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް އޭނާ އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

އިންޑިއާގައި ފޭކް ސެޓްފިކެޓް ބޭނުން ކޮށްގެން މަތީ މަގާމުތައް ހޯދުމަކީ އާއްމު ކަމެކެވެ. ބައެއް ފަހަރު ފޭކް ސެޓްފިކެޓް ބޭނުން ކޮށްގެން ޕައިލެޓުންގެ ވަޒީފާ އާއި ޑޮކްޓަރުންގެ ވަޒީފާ ވެސް ހޯދާފައި އެބަހުއްޓެވެ. އެފަދަ މީހުން ގެންގުޅެނީ ފޭކް ސެޓްފިކެޓެއް ކަން އެނގޭ އިރު ގިނަ ފަހަރަށް އޮންނަނީ ހިތާމަވެރި ހާދިސާއެއް ހިނގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލޮލް

    ތީ އިންޑިއާ އެންމެން އަތުގަ އޮންނަ އެއްޗެއް. ކިތައް ޓިޗަރުން އެބައުޅޭ ރާއްޖެ ސުކޫލުތަކުގަވެސް ފޭކު ސެޓްފިކެޓް ހިފައިގެން ކިޔަވަދޭން އައިސް.

    26
    2
  2. Anonymous

    ޑިގްރީގެއާއި ސާރުޓީފެކެޓްގެ މައްސަލައެއްތީ... ތީގަ ރާމެޝްޖީ ސާރުގެ އެއްވެސް މައްސަލައެއްނެތް. ޑިގްރީއާއި ސާރުޓީފެކެޓް ފޭކްވީ... ހުކުމެއްކުރެވޭނެ.

  3. ހަވާލުވަނީ

    ރާއްޖޭގެ ކަންކަމުގެ ތެރެއަށް އަށްވެސް ވަދެގަތީ އެމީހުންގެ ރިޝްވަތު ދިނުނުގެ ތަޖްރިބާގެގައި ވަރަށް ބޮޑަށް ކުރިއަރާފައިވާ ބަޔަކަށްވާތީ، އެކަން ބޭނުންކޮއްގެން،
    އިންޑިއާގައި އެއްވެސް ކަމެއް ކުރުމަކީ ވަރަށް ދަތިކަމެއް "ކޮންމެވެސް އެއްޗެއް ނުދީ".
    ރާއްޖޭގެ ކަންކަމާ ޙަވާލުވާން އެމީހުން މިހާރު އެއަތުކުރި އޮޅާލަނީ.
    ރިޝްވަތުދިނުމުގެ އާއުސްމިންތަކަކަށް މަހަލްދީބު ޕުރަދޭޝް.