އިނގިރޭސިވިލާތުގެ 11 އަހަރުގެ އަންހެން ކުއްޖަކު ކާރު އެކްސިޑެންޓެއްގައި މަރުވުމުން އެކުއްޖާގެ ބައެއް ގުނަވަންތައް މަރާއި ހަނގުރާމަ ކުރަމުންދާ ތިން މީހަކަށް ހަދިޔާކޮށް އެތިން މީހުންގެ ފުރާނަ ސަލާމަތްކޮށްދީފިއެވެ.

އަމެލިއާ ވުޑް ކިޔާ އަންހެން ކުއްޖާގެ ފަސް ގުނަވަނެއް ވަނީ ތިން މީހަކަށް ހަދިޔާ ކޮށްފައެވެ. ތިން މީހުންގެ ތެރެއިން އެކަކަށް ވަނީ ތިން ގުނަވަން ހަދިޔާކޮށްފައެވެ.

ވުޑްގެ މަންމަ މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ވުޑް މަރުވި އިރު ވެސް ދިޔައީ ކެންސަރަށް ފަރުވާ ކުރަމުން ކަމަށެވެ. އެހެންކަމުން އޭނާ މަރުވެއްޖެނަމަ ގުނަވަންތައް އެހެން މީހުންނަށް ހަދިޔާ ކުރަން ކުރިން ވެސް ވުޑް އެދިފައިވާ ކަމަށް މަންމަ ބުންޏެވެ.

"އަހަރެމެން ހިޔެއް ނުކުރަން މިހެން ވެދާނެ ކަމަކަށް. ފުރާނަ އާއި ހަނގުރާމަ ކުރުމަކީ ކިހައި ވޭންދެނިވި ކަމެއްކަން އަހަރެމެންގެ އާއިލާ އަށް އެނގިއްޖެ. އެފަދަ ހަނގުރާމައެއް އެހެން މީހަކު ކުރަން އަހަރެމެން ބޭނުމެއް ނޫން. ވުޑްގެ ގުނަވަންތައް ހަދިޔާ ކުރަން ނިންމީ އެހެންވެ. އަހަރެން ވަރަށް ފަހުރުވެރިވަން އަހަރެންގެ ދަރިފުޅާއި މެދު." ވުޑްގެ މަންމަ ބުންޏެވެ.

ވުޑް އަށް ކެންސަރު ޖެހިފައިވާ ކަން ފުރަތަމަ އެނގުނީ އޭނާގެ އުމުރުން ފަސް އަހަރުގައެވެ. އެފަހަރު ފަރުވާ ކޮށްގެން ރަނގަޅުވި ނަމަވެސް މީގެ ދެއަހަރު ފަހުން އަނެއްކާވެސް އޭނާގެ ހަށިގަނޑުން ވަނީ ކެންސަރު ފެނިފައެވެ. ވުޑް މަރުވިއިރު އޭނާގެ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމުގެ އުއްމީދު އޮތީ ކުޑަވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިދުރީސް

    ރަނގަޅު