އުމުރުން މިހާރު 30 އަހަރު ވެފައިވާ އިނގިރޭސިވިލާތުގެ އަންހެނެއް ކަމަށްވާ ކްރިސްޓީ މުރޭ ފުރަތަމަ ރާއްޖެ އައީ މިއީ އޭނާގެ ދިރިއުޅުން އެކުގައި ބަދަލުކޮށްލާނެ މަންޒިލް ކަމަށް ދެކިގެންނެއް ނޫނެވެ. ނަމަވެސް އަގުބޮޑެތި ރިސޯޓްތަކުގެ ވާހަކައިން ދުނިޔެ އަށް މަޝްހޫރު ވެފައި އޮންނަ ރާއްޖެ ވެގެން ދިޔައީ ކްރިސްޓީ އަށް އެތައް ފުރުސަތެއް ފަހިވެގެން ދިޔަ ތަނަކަށެވެ.

މިހާރު ކ.އަތޮޅު ތުލުސްދޫގައި ދިރިއުޅެމުން އަންނަ ކްރިސްޓީ އަކީ އަމިއްލަ ބްލޮގެއް ހިންގާ މީހެކެވެ. އޭނާ ގެންދަނީ ރާއްޖޭގެ ރިސޯޓްތަކާއި ބެހޭ ގޮތުން ރިވިއު ލިޔަމުންނެވެ. ފާއިތުވި ދިހަ މަސް ދުވަހުގެ ތެރޭގައި ބްލޮގްގައި ރިވިއުތައް ލިޔެގެން އޭނާ ވަނީ އާމްދަނީގެ ގޮތުގައި 75000 އެމެރިކާ ޑޮލަރު ހޯދާފައެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ 1.1 މިލިއަން ރުފިޔާ އެވެ.

ކްރިސްޓީ "ފީމެއިލް" އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ 2015 ވަނަ އަހަރު ފުރަތަމަ ރާއްޖެ އައިއިރު އޭނާގެ އަތުގައި މާގިނަ ފައިސާއެއް ނެތް ކަމަށެވެ. އޭނާ ޓްރެވަލް ބްލޮގެއް ހިންގަން ފެށީ މިދިޔަ އަހަރު އެވެ. ނަމަވެސް އެންމެ ބޮޑު ތަފާތެއް ފެނިގެން ދިޔައީ ފޯބްސް އިން މިއަހަރު އޭނާ އަށް ފުރުސަތު ލިބުމުންނެވެ.

View this post on Instagram

My whole life I’ve had the same long brown sun bleached hair. I’ve always been too scared to try a new do. Sometimes I think of cutting it short but then I just can’t do it!! I feel my long hair is a part of who I am & my identity 🤣. Having long hair & being a surfer girl requires a fair bit of maintenance. I’m not as good at it as I should be. I’ve recently discovered this gorgeous new product @tapareef. This week I’ll be sampling their pre-surf/swim hair mask, post surf/swim shampoo & conditioner. They also make a lovely range of compostable & biodegradable face towelettes, designed to remove sunscreen & zinc post surf. Im excited to try my first lot of Tapa Reef. Watch my story & check out their gorgeous Instagram page! May be a great stocking filler ... they currently have a 25% off Christmas sale! @tapareef ✧ ✧ ✧ 📷 @not.always.home ✧ ✧ #maldives #tapareef #haircare #surfergirl #naturalproduct #selfcare #beautyproducts #naturalbeautyproducts #swim #swimwear #tan #bikinilife #islandgirl #islandlife #naturalproducts #bikini #sustainable #sustainableliving #shampoo #conditioner #naturalshampoo #naturalconditioner #facewipes #coconut #beachbabe #

A post shared by LIFE IN THE MALDIVES - Kristie (@luxury_island_traveller) on

"މިއަހަރުގެ ކުރީކޮޅު އަހަރެން އެއްދުވަހު ނިދާހޭލިއިރު އޮތީ ފޯބްސް ޓްރެވަލް ގައިޑްގެ އެގްޒެކެޓިވް އެޑިޓަރުގެ އީމެއިލްއެއް. އަހަރެންނަށް ގަބޫލު ކުރަން ވެސް ދަތިވި. އެމީހުން ބޭނުންވީ ރާއްޖޭގެ މުއްސަނދި ރިސޯޓްތަކުގެ ރިވިއު ލިޔާ ކްރެސްޕޮންޑެންޓެއްގެ ގޮތުގައި އަހަރެން މަސައްކަތް ކުރަން. މިވީ ފަސް ވަރަކަށް މަސް ދުވަސް ތެރޭގައި އަހަރެން ފޯބްސްގެ ލިޔުންތައް ލިޔަން ވެގެން މުޅި ރާއްޖޭގައި ދަތުރުކޮށް އެތައް ރިސޯޓަކަށް ޒިޔާރަތް ކޮށްފިން." ކްރިސްޓީ ބުންޏެވެ.

ކްރިސްޓީ ބުނީ ކޮންމެ ދުވަހަކު އޭނާ ލޯބިވެރިޔާ އާއި އެކު އިރުއޮއްސޭ މަންޒަރު ބެލުމަށް ހާއްސަ ސަމާލުކަމެއް ދޭކަމަށާއި ރާއްޖޭގެ ދިރިއުޅުން އޭނާ އަށް ވަރަށް އުފާވެރި ކަމަށެވެ.

ކްރިސްޓީ ބުނީ ރިވިއުތައް ލިޔެ މިވަޒީފާ އަދާކުރުމުގައި އެންމެ ބޮޑު އެހީތެރިކަމެއް އޭނާ އަށް ލިބެމުން އަންނަނީ ލޯބިވެރިޔާ ހުޕާގެ ސަބަބުންނެވެ. ހުޕާ އަކީ ދިވެއްސެކެވެ. ކްރިސްޓީ ބުނީ ހުޕާ އަކީ މޮޅު ފޮޓޯގްރާފަރެއް ކަމަށާއި ދެމީހުންގެ ހުނަރު އެއްކޮށްލައިގެން އެމީހުންނަށް ވަރަށް ފުރިހަމަ މަސައްކަތެއް ކުރެވެމުންދާ ކަމަށެވެ.

ކްރިސްޓީ އާއި ހުޕާ މިހާރު ވަނީ ޓްރެވަލް އެޖެންސީއެއް ވެސް ހުޅުވާފައެވެ. އެމީހުންގެ އެޖެންސީ އިން ރާއްޖޭގެ ރީތިކަން ދުނިޔެއަށް އަންގައިދީ ރާއްޖެ އަންނަ ބޭނުންވާ މީހުންނަށް އެފުރުސަތު ހޯދައިދޭނެ ކަމަށް ކްރިސްޓީ ބުންޏެވެ.

ކްރިސްޓީ ބުނީ ރާއްޖެ އަކީ މަސައްކަތް ކުރަން ވަރަށް ރަނގަޅު މާހައުލެއް ކަމަށާއި އޭނާ ކުރަމުންދާ މަސައްކަތަކީ ވެސް ކޮންމެ މީހަކަށް ވެސް ކުރެވިދާނެ މަސައްކަތެއް ކަމަށެވެ. އެހެންކަމުން މިކަމަށް ކުރިމަތިލުމަށް ކްރިސްޓީ އެދެއެވެ.

ކްރިސްޓީ ބުނީ އޭނާ އަށް ކޮންމެ ދުވަހަކު ރާއްޖެ ދެކެ އިތުރަށް ލޯބި ވެވެމުންދާ ކަމަށާއި ރާއްޖެ ދޫކޮށް ދިއުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނަފީ

    ބޭރު މީހެއްވިއްޔާ ރިސޯޓުތަކުން ތިކަހަލަ ޗާންސު ދޭނެ. ދިވެހިންނަށް ނުދޭތީ ދިވެހިން މުއްސަނދިނުވަނީ. އެކަށީގެންވާ ލިޔުންތެރިން އެބަތިބި. ފުރުސަތު ނުލިބެނީ.ނުދެނީ. ރިސޯޓް އޯނަރަސް ޝޭމް!!!!!!!!!!

    74
    4
  2. މަމިޔޮކާކަ

    ކޮށްމެ ދިވެއްސަކީ މުސްލިމެއް ކަމައް ޤާނޫނުގަ އޮތްނަމަވެސް ހުޕާ އާ ކުރިސްޓީ ވެސް އެ އުޅެނީތާ ......

    47
    9
    • ޔަމަނުގެ

      އޭނަގެ ދީން ކަލެއަށްތަ އިނގެނީ

      7
      5
  3. ކަޅުމީހާ

    ތީ ކޯއްޗެއް. ތިއަށްވުރެ މާރަނގަޅަށް ތިކަން ކުރާނެ ދިވެހި ޓްރެވަލް ބްލޮގަރަކުވެސް
    ހަމުން ދޮން ވީމަ ހުރިހާ ފުރުސަތެއް ތި މީހާއަށް

    60
    4
  4. ކޮރަލް

    ކާމިޔާބަކީ މަސައްކަތް ކޮށް ސަބަބު ތަކުގަ ހިފީމަ ލިބޭ އެއްޗެކެވެ.

    9
    1
  5. ރިމާށާ

    ރާއްޖެއިން ބޭރުން ވެސް އުފާ ހޯދޭނެ

  6. ޓެކުހޭ

    ޓެކުސް ދައްކާބާ ތިޔަސޮރު ނަމާދުކޮށް ރޯދަހިފާބާ....