އިންޑިއާގެ ޕަންޖާން ޖަލަންދަރްގައި އުުމުރުން ނުވަ އަހަރުގެ ކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުމަތު ކުރެވުނު މީހެއްގެ ގައިގާ ތަޅާ މަރާލައިފިއެވެ.

އޭނާ މަރާލަފައި ވަނީ އިއްޔެއެވެ. ފުލުހުން ބުނީ، އުމުރުން 39 އަހަރުގެ ޕަޕު ކުމާރް ނަމަކަށް ކިޔާ ފިރިހެން މީހާ އެ ކުއްޖާ ރޭޕްކޮށްފައި ވަނީ ގެއަށް ގެންގޮސްގެން ކަމަށެވެ. އަދި އެ ކުއްޖާ ރޭޕްކުރިކަން ފަޅާ އަރަފައި ވަނީ އެ ކުއްޖާ ރޭޕް ކުރަމުންދަނިކޮށް ރޯ އަޑު އިވިގެން މީހަކު އެގެއަށް ގޮސް ބެލުމުން ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އަދި އެ ސަރަހައްދަށް މީހުން އެއްވެ އެ މީހާގެ ގައިގާ ބަޔަކު ތަޅަން ފެށި ކަމަށެވެ.

"ބޮޑު ގުރޫޕެއް އެ ސަރަހައްދަށް އެއްވެ އެ މީހާގެ ގައިގާ ތަޅަން ފެށީ. އަދި އެކަން ހުއްޓުވާ ވަގުތުން އެ މީހާ ހޮސްޕިޓަަލަށް ގެންދެވުނު ނަމަވެސް ވަނީ މަރުވެފައި". ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ މީހާ ރޭޕްކުރިކަމަށް ބުނާ ކުއްޖާގެ މެޑިކަލް އެގްޒާމައިން ހެދުމުގެ ކަންކަން ކުރިއަށްދާ ކަމަށެވެ.

އިންޑިއާއަކީ ރޭޕްގެ ކޭސްތައް އެންމެ ގިނަ އެއް ގައުމުގެ ގޮތުގައި ފާހަގަކޮށްލެވޭ ގައުމެކެވެ.