ބޮލީވުޑް އަދި ހޮލީވުޑްގައި ފިޔަޖަހަމުން އަންނަ ތަރި ޕްރިޔަންކާ ޗޯޕްރާ އިންޑިއާގެ ބޮޑު ވަޒީރު ކަމަށް ޝައުގުވެރިކަން ހުންނަ ކަމަށް ބުނެފިއެވެ.
އުމުރުން 36 އަހަރުގެ ޕްރިޔަންކާ ދަ ސަންޑޭ ޓައިމްސްއަށް ބުނެފައިވާގޮތުގައި، އޭނާ އާއި ފިރިމީހާ ނިކް ޖޮނަސް ސިޔާސީ ދާއިރާއަށް ނުކުތުމަކީ ކުރަމުން އަންނަ އުއްމީދެއް ކަމަށެވެ.
ޔުނިސެފްގެ އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޕްރިޔަންކާ ބޭނުންވަނީ އިންޑިއާގެ ބޮޑު ވަޒީރުގެ މާގަމު ކަމަށްވެސް އޭނާ ބުނެފައި ވެއެވެ. އަދި ނިކް ރައީސްކަމަށް ކުރިމަތިލާން ބޭނުންވާކަމަށް ޕްރިޔަންކާ ބުންޏެވެ.
"އަހަރެން ބޭނުން އިންޑިއާގެ ޕްރައިމް މިނިސްޓަރަކަށް ވާން. އަދި ފިރިމީހާ ނިކް ރައީސް ކަމަށް ގެންނަން". އޭނާ ބުންޏެވެ.
ޕްރިޔަންކާ ސިޔާސީ ކަންކަމާއި ގުޅުން ހުރި ކަންކަމަށް ހިތްހަމަ ނުޖެހުނު ނަމަވެސް ދެ މީހުންވެސް ބޭނުންވަނީ، ހެޔޮ ބަދަލެއް ކަމަށް ޕްރިޔަންކާ ބުންޏެވެ.
ޕްރިޔަންކާ ވަނީ މީގެ ކުރިން އިންޑިއާގެ ޕްރައިމް މިނިސްޓަރ ނަރެންދްރާ މޯދީއާ ބައްދަލުކޮށްފައެވެ. އެހެންނަމަވެސް ނިކް އެއްވެސް ސިޔާސީ މީހަކާއި މާބޮޑު ގުޅުމެއް އޮންނަ ކަމަކަށް ނުވެއެވެ. އަދި ޕްރިޔަންކާ އާއި ނިކްގެ ކައިވެނީގެ ހަފްލާތައަށް މޯދީއަށް ދައުވަތުވެސް ދީފައި ވެއެވެ.
ޕްރިޔަންކާ އަކީ އެއްވެސް ސިޔާސީ ޕާޓީއަކާއި ގުޅިގެން އުޅޭ މީހެއް ނޫނެވެ. އަދި މާބޮޑަށް ސިޔާސީ ކަންކަމައިގެން އުޅޭ މީހެއްވެސް ނޫނެވެ. ނަމަވެސް ބޮލީވުޑްގެ ބައެއް ތަރިން މީގެ ކުރިން ވަނީ ސިޔާސީ ދާއިރާއަށް ނުކުމެފައެވެ.
ކަންތަކާ ތި ޖެހުނީ. ސުނީ ވެސް އުޅެފާނެ މި ރާއްޖޭގެ ވެރިކަމާ ހެދި.
މޯދީ ވައްަޓާލާ ޕްރިއަންކާ. މަތާއީދު ތިކަމަށް.މޯދީއަކީ މުސްލިމުންގެ ދުސްމަނެއް.
ޕީ.ސީ ކުރަން ބޭނުންވާ ކޮންމެ ކަމެއް އަހަރުމެންގެ ސުނީ ވެސް ކޮށްލަން ބޭނުން ވާނެ. އެއީ އެންމާބަނޑު ދެބެން ހާ ބޮޑަށްގުޅުން އޮންނަ ދެ ރަހްމަތް ތެރީން. ވީމާ ފުރަތަމަ ސުނީ އަހަރުމެން ހޮވާނީ ސުނީ ގެ އުފަން އަތޮޅު ކަމަށްވާ އދ އަތޮޅުގެ މަޖިސް މެންބަރަކަށް. އޭރުން ޖާބިރު މައިތިރި ކޮށްލާ، އަނގަ ބަންދު ކޮށްލަ ފާނެ އިސާހިތަކު!!!!!
ސުނީ އަށް 48 ދެން ކިހިނެއްބާ ޕުރިޔަންކާ އާ އެއްމާބަދު ވަނީ... އަހަރަމެންނަށް ވެސް 40 ވެއްޖެ 29 ކަމަށް ހެދިގެން އުޅުނާސް... ދުވަސްތައް އެބަދޭ ރާސްލާފަ.. ތި ސުނީ 90 ގެ އަހަރު ތަކުގަ ނެށި އިރު ވެސް 25 އަހަރު ވެދާނެ.. އެއިރު ޕުރިޔަންކާ އަށް 12 ވާނީ
ހިތެއް ނުފުރޭ ނެއެވެ.
ފިސާރި ފޮނިވެސް އަންހެނެކޭދޯ މީ.