އިރުމަތީ ޔޫރަޕް ސަރަހައްދުގައި ދިރިއުޅެމުންދިޔަ އެތައް ބަޔަކަށް މި ހަފްތާތެރޭގައި އާދަޔާޙިލާފް ކަމެއް ފެނުމާއިއެކު ސޯޝަލް މީޑިޔާގައި އެކަމުގެ ފޮޓޯތައް ދަނީ އާންމުވަމުންނެވެ. އިރުމަތީ ޔޫރަޕްގެ ބައެއް ރައްޔިތުންނަށް ވަނީ އޮރޭންޖް ކުލައިގެ ސްނޯ ފައިބާތަން އަނެއްކާވެސް އަހަރުތަކަކަށްފަހު ފެނިފައެވެ. އެގޮތަށް މެދުވެރިވާ ސަބަބަކީ ވެއްޔާއި ސްނޯ އާއި އެއްވުމުގެ ސަބަބުންކަމަށް މީޓިއޮރޮލޮޖިސްޓުން ވަނީ ހާމަކޮށްފައެވެ.

އެހެންނަމަވެސް މި އަހަރު އެގޮތަށް ފެނިގެންދާ ސްނޯއާއި އެއްވެފައިވާ ވެލީގެ އަދަދު އެތައް ގުނައަށް އިތުރުވެފައިވާކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ. ކޮންމެ ފަސް އަހަރަކުންހެން އިރުމަތީ ޔޫރަޕްއަށް އޮރޭންޖް ކުލައިގެ ސްނޯ ފައިބާއިރު މިފަހަރު އެކަން ކުރިމަތިވި ގައުމުތަކުގެ ތެރޭގައި ރަޝިޔާ، ބަލްގޭރިއާ، ޔޫކްރެއިން، ރޮމޭނިއާ އަދި މޮލްޑޯވާ ވެސް ހިމެނެއެވެ.

އޮރޭންޖް ކުލައިގެ ސްނޯގެ އިތުރުން ދުނިޔޭގެ އެހެން ބައެއް ސަރަހައްދުތަކަށްވެސް އެކި ކުލަ ކުލައިގެ ސްނޯ ފައިބާކަމަކީ މީޓިއޮރޮލޮޖިސްޓުންގެ މެދުގައި ވަރަށް އާންމު މައުލޫމާތެކެވެ. ސްނޯ އަކީ ކޮންމެ ކުލައެއްގައިވެސް ފައިބަފާނޭ އެއްޗެއްކަމުގައި އެ ފަރާތްތައް ވަނީ ބުނެފައެވެ.

ރަތް ކުލައާއި މުށި ކުލައިގެ ސްނޯވެސް ބައެއް ފަހަރު ފައިބާކަމަށް އެނގިފައިވާއިރު ކަޅު ކުލަ އަދި އަޅި ކުލައިގެ ސްނޯ ފައިބާކަމަށްވެސް ވަނީ މިހާރު ހޯދިފައެވެ. އެތަނުން ކޮންމެ ކުލައެއްގެ ސްނޯ ވެސް ފައިބަން ވަކި ސަބަބެއް މެދުވެރިވާއިރު ބައެއް ފަހަރު އެއީ ވެލި އަދި ހިރަފުސްގެ ސަބަބުންނެވެ. އަނެއްބައި ފަހަރު އެއީ ވައިގެ ތެރޭގައި ހިމެނޭ ޕެޓްރޯލިއަމްގެ ކުދި ކުދި މާއްދާތަކެއް ނުވަތަ އެފަދަ އެހެން މައްދާއެއް ސްނޯ އާއި އެއްވުމުގެ ސަބަބުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޮހޮނުބެ

    ތީ އޮރެންޖް ކުލައެއްނޫން..... ތީ މަމެންގެ ޕާޓީކުލަ... ކެކެކެކެ

  2. އަހްމަދު

    އައްނި އެތާނގައި އުޅޭތީ ވާގޮތެއް