ރާއްޖޭގެ އެންމެ މަޝްހޫރު އެއް ހިޕްހޮޕް އާރޓިސްޓް ސޮއްޕެގެ އަމިއްލަ އަލްބަމް މިރޭ ލަވަ ފޮށީގައި ނެރެފިއެވެ

މި ލަވަ އަލްބަމަކީ ސޮއްޕެގެ ފަރާތުން އެންމެންނަށްދޭ އީދު ހަދިޔާާއެކެވެ. މިރޭ 12:00ގައި މި ލަވަ އަލްބަމް ނެރުނުއިރު، މި އަލްބަމްގައި ޖުމްލަ 11 ލަވަ ހިމެނެއެވެ.

މި އަލްބަމްގެ ޕްރޮޑިއުސަރަކީ މިސްޓީއެވެ. އަދި މި ލަވަ އަލްބަމްގެ މިއުޒިކް މިސްޓީ އާއި ޝަގްޒާދު ތައްޔާާރުކުރިއިރު، އަލްބަމްގެ ހުރިހައި ލަވަތަކެއްގެ ޅެންތައް ހެދީ ސޮއްޕެއެވެ. އަދި އަލްބަމްގެ ރެކޯޑިން ހަދާފައިވަނީ މާލެ އާއި ކޮލޮމްބޯގެ އެކިއެކި ސްޓޫޑިއޯ ތަކުގައެވެ.

ސޮައްޕެ ބުނިގޮތުގައި، މި އަލްބަމްގައި ހުރިހާ ލަވަތަކަކީވެސް އާ ރެޕް ލަވަތަކެވެ. އަލްބަމުގައި އަންދަލާ ހަލީމް އާާއި މީރާ މުހައްމަދު މާޖިދުގެ ލަވައެއްވެސް ހިމެނެއެވެ.

މީގެ ކުރިންވެސް ރީތި ލަވަތަކެއް ސޮއްޕެެ ވަނީ ގެނެސްދީފައެވެ. އެގޮތުން "ހިތްކުދިކުދި"،؟"އެޅި މި ކަނޑުމަތި" "ބުނެލާ ލޯބިވޭ"މިއީ ދިވެހިންގެ ޕްލޭލިސްޓުތަކުން ޖާގަ ހޯދާފައިވާ ސޮއްޕެގެ ލަވަތަކެވެ.