"ޗައިނާ މޮބައިލް" އަދި "ޗިންވާ ޔުނިވާސިޓީ" ގުޅިގެން 6ޖީ ޓެކްނޮލޮޖީ އުފައްދަން އެއްބަސްވެއްޖެ އެވެ.

މިއެއްބަސްވުމުގެ ދަށުން 6ޖީ ޓެކްނޮލޮޖީގެ ނެޓްވޯކް ސްޕީޑް ކަނޑައެޅިގެންދާނެއެވެ. ދުނިޔޭގެ ގިނަ ފޯންތަކުގައި މިހާރު ބޭނުން ކުރަމުން އަންނަނީ 4ޖީ ނެޓްވޯކްކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ޗައިނާގެ ވާވޭ ފޯންގައި މިހާރުވެސް 5ޖީ ނެޓްވޯކް ބޭނުން ކުރަމުން އާދެއެވެ. މި ޚިދުމަތް މިއަހަރުގެ ތެރޭގައި ދުޔިޔޭގެ އެހެން ފޯންތަކަށް އަންނާނެ ކަމަށް ބެލެވެއެވެ.

6ޖީ އުފެއްދުމުގެ މަސައްކަތް މިހާރު ޗައިނާއިން ކުރަމުންދާއިރު، ޓެކްނޮލޮޖީގެ ނާރެހުގައި ޗައިނާ އޮތީ އެހެން ޤައުމުތަަކަށްވުރެ އެއް ފިޔަވަޅު ކުރީގައެވެ. މިހެންވެ، ދުނިޔޭގެ ބޮޑު ބާރެއް ކަމުގައިވާ އެމެރިކާއިންދަނީ ޗައިނާގެ ބާރު ކަނޑުވާލުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ދާދިފަހުން ވާވޭގެ ފޯންތަކަށް ގޫގަލްގެ އޯއެސް ނުލިބޭގޮތްވެސް އެމެރިކާ މެދުވެރިވެގެންވަނީ ހަދާފައެވެ.

ހުރިހާ ފިއްތުން ތަކަކާވެސް ޗައިނާ އޮތީ ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔޭގެ އެންމެ މަތީގައެވެ.