މިިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭ މަރުވި އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ސްރީދޭވީ މަރަށް އެއް މަސް ވީއެވެ. އަދިވެސް އާއިލާ ތިބީ ފުން ހިތާމައެއްގެ ތެރޭގައެވެ.

ދެ ދަރިންނާއި ވަކިވެގެން އެ ދިޔައީ ލޯބިވާ މަންމައެކެވެ. އަދި ފިރިމީހާއާ ވަކިވެގެން އެ ދިޔައީ ލޯބި ދިން އަންބެކެވެ.

މިހާރުގެ އާއިލާގެ ހާލަތަށް ބަލާއިރު ސްރީ ދޭވީގެ ފިރިމީހާ ބަލަނީ މަސައްކަތުގައި ޝާމިލުވެ އުޅެވޭތޯއެވެ. ސްރީދޭވީ ހަގު ދަރިފުޅު ޚުޝީ މަސައްކަތް ކުރަމުން ދަނީ ކިޔެވޭތޯއެވެ. އޭނާ މިހާރު އެކަމުގައި އުޅެނީ ބިޒީކޮށެވެ. އެއީ މިއަހަރަކީ ކިޔެވުމުގެ އެންމެ ފަހު އަހަރު ކަމަށްވާތީއެވެ. ސްރީ ދޭވީގެ ދޮށީ ދަރިފުޅު ޖަންވީ މަސައްކަތް ކުރަމުން ދަނީ މި އަހަރު ޖުލައި މަސް ތެރޭގައި ނެރެން ހަމަޖެހިފައިވާ އޭނާގެ ފުރަތަމަ ފެނިލުން "ދަދަކް" ގެ ޝޫޓިންގައެެވެ.

މި ތިން މީހުންވެސް ކޮންމެ ދުވަހަކު ސްރީ ދޭވީ މަތިން ހަނދާންކޮށް އުޅޭކަމަށް ވެއެވެ. އަދި އަބަދުވެސް އެ ހަނދާންތައް އަބަދު އެކީގައިވާނޭކަމަށް އެ މީހުން ބުނެފައިވާކަމަށް ވެއެވެ.

އުމުރުން 54 އަހަރުގައި ސްރީ ދޭވީ މަރުވީ ދުބާއީގައެވެ. ފިލްމީ ދާއިރާގައި 50 އަހަރު ހޭދަކުރުމަށްފަހު، އޭނާ މި ދުނިޔެއާ ވަކިވީ މުޅި އިންޑިއާގެ ފިލްމް އިންޑަސްޓްރީ ރޮއްވާލާފައެވެ.

ސްރީ ދޭވީގެ ޕޯސްޓްމޯޓަމް ރިޕޯޓާއި ހަވާލާދީ ދުބާއީގެ ފުލުހުން ބުނާގޮތުގައި، ސްރީ ދޭވީީ މަރުވީ ގެނބިގެންނެވެ.