ވަރަށް އަވަހަށް ހުޅުވުމަށް ތައްޔާރުވަމުން އަންނަ މަޝްހޫރު އެޕަލް ކުންފުނީގެ އާއިދާރާ އެޕަލް ސްޕޭސްޝިޕް ހެޑްކުއާޓަސް އަކީ އެންމެ ނުރައްކާތެރި ބިންހެލުންތަކުންވެސް ގުޑާ ނުލާނެ އިމާރާތެއް ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.

ކެލެފޯނިޔާގެ ސިލިކަން ވެލީގައި ބިނާކޮށްފައިވާ މި އިދާރާ އިމާރާތް ކުރުމަށް ފަސް ބިލިއަން ޑޮލަރު ހޭދަކުރި އިރު މި އިމާރާތަކީ އެނާޖީ ސޭވިން އިމާރާތެކެވެ. އަދި ތިމާވެއްޓާ ރައްޓެހި އިމާރާތެެކެވެ.

2.8 މިލިއަން އަކަ ފޫޓުގެ މި އިމާރާތުގައި 12000 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެއެވެ. މި އިމާރާތުގެ މަތީގައި 805000 އަކަ ފޫޓުގެ ސޯލާޕެނެލް ވަނީ ހަރުކޮށްފައެވެ.

300000 އަކަ ފޫޓުގެ ރީސާޗް ފެސިލިޓީއަކާއި ދުވާ ޓްރެކަކާއި 1000 ސީޓް ހިމެނޭ ތިޔޭޓަރެއް ވެސް އެކުލެވޭ މި އިމާރާތުގައި ބިންހެލުންތަކުން ރައްކާތެރިކޮށްދޭނެ 692 ރިންގު ވެސް ވަނީ ގާއިމުކޮށްފައެވެ.

ސްޓީވް ޖޮބްސްގެ ހަޔާތުގައި އިމާރާތްކުރަން ފެށި ސްޕޭސްޝިޕް ހެޑްކުއާޓަރު ޑިޒައިންކުރީ މަޝްހޫރު ފޮސްޓާ އެންޑް ޕާޓްނާސް ލައްވަ އެވެ. ޔޫއެފްއޯއެއްގެ ބައްޓަމަށް ހުރި މިއިމާރަތް އެއްކޮށް ނިމި ހުޅުވިގެން ދިޔުމަކީ ސްޓީވްގެ ހުވަފެނެކެވެ.

ސްޓީވް ޖޮބްސް މަރުވެފައިވަނީ 2011 ވަނަ އަހަރު އުމުރުން 56 އަހަރުގައި ޕެންކްރިއޭސްއަށް ޖެހުނު ކެންސަރު ބައްޔެއްގައެވެ. ސްޓީވް މަރުވީ އެޕަލް ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ކަމުން އޭނާ އިސްތިއުފާ ދެއްވިތާ މަހެއްހާ ދުވަސް ފަހުންނެވެ.

ސްޓީވް ޖޮބްސް އެޕަލްގެ އެންމެ އިސް ވެރިޔާގެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ 14 އަހަރު ވަންދެން އެ މަގާމުގައި ހުންނެވުމަށް ފަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސމީ

    ބޮޑާ ބަަސް ބުނާކަށް ނުވާނެ ޓައިޓޭނިކް ވެސް....

    50
    1
  2. ޏ

    މާތްﷲގެ އިރާދަފުޅުން ތި ހިސާބަށް ބިންހެލުމެއް އައިސް ތި ބުނާ މޮޅު އިމާރާތް ނެތިކޮށްލާ ދިރިތިބީންނަށް އިބުރަތެއްކަމުގައި ލައްވާންދޭން.. އާމީން

    52
    9
  3. އަފްލާ

    ﷲ ގެ ކުޅަދުންވަންތަކަން ކޮންމެ ކަމަކީވެސް އެއީ ރިތަން ކިތަންމެ ވަރުގަދައައް ހަދާފަ ހުއްޓަސް އެކަނލާގެ އިރާދަ ކުރައްވައިފިނަމަ 1 ފަޅި ސިކުންތެއްވެސް ނުނަގާނެ މިސާލަކައް ތިރަށައް ވަރުގަދަ ބިންހެލުމެއް އައިސް މުޅ ރަށް ބިމާ ހަމަވެ ސުންނާފަތި ވީ ތިތަން އެކަނި ހުރުމަކީވެސް ހަމަ އެކަލާނގެ ކުޅަދުން ވަންތަކަން

    27
    1
  4. Anonymous

    5 ބިލިއަނަށޭ! ދިވެހި ސަރުކާރާ ހަވާލުކުރިނަމަ. ތިއީ އެންމެ 40 މިލިއަނުގެ މަސަެްކަތެއްނު
    މިހާރު ރާއްޖޭގައި މިއޮތް ސަރުކާރުން ކިތަންމެ ބިޔަ މަޝްރޫއެއްވެސް 40 މިލިއަނުން ކޮންނިންމާލާނެ.

    19
    8
  5. Anonymous

    ދެން ޓައިޓޭނިކޯ

    17
    1
  6. ތުނިޔަ

    ތިހެން ބުނަން ހެޔޮވެސްނުވާނެ! ﷲ ގެ ކުޅަދުންވަންތަ ކަމާއަޅާ ބަލާއިރު ތިނުވާނެ ޒައްރަކަށްވެސް..

    36
    1
  7. ދޮންބަންޑާރަ

    ތި ފުނޑުނީ.

  8. ޙިޔާލު

    ޓައިޓޭނިކު ވެސް ނުދާނޭ ބުންޏޭނުން؟ ކޮބަ މިހާރު ޓަައިޓޭނިކު.........

  9. ހީރޯ

    ޓައިޓޭނިކް އަށް ވީ ގޮތާއި މެދު ވިސްނާލުމަށް...