ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ "މިސްކިތު ފްރެންޑް" ގެ ގޮތުގައި ފާއިތުވި ހަފްތާގައި މީސް މީޑިއާގައި ސްޓާރަކަށްވި އަހުމަދު މަލީކް ވަހީދު (މަލީކް) ގެ އިތުރު ވީޑިއޯއެއް މިރޭ އަނެއްކާ ވެސް އާއްމު ވެއްޖެއެވެ.

މިސްކިތުގައި މުދިމު އިމާމުވެ ނަމާދު ކުރަން ހުންނަ މަގާމުގައި ހުރެ މަލީކް ޤުރުއާން ކިޔަވާ މަންޒަރު ދައްކުވައިދޭ، ވީޑިއޯ އެއް މިރޭ ވަނީ އާއްމު ކޮށްފައެވެ. ވީޑިއޯ އާއްމު ކުރި ފަރާތުން ބުނީ މިއީ މަލީކް އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ.

ވީޑިއޯ އިން ދައްކުވައިދެނީ، މަލީކްގެ އަޑުން، ފާތިހާ ސޫރަތް ކިޔަވާ މަންޒަރެވެ. އިޝާ ނަމާދަށް ފަހު، މުދިމު މީހާ ގާތުން މަލީކް އެދުނީ ތަރާވީސް ނަމާދު ކުރަން އެދުމުން މިސްކިތުގެ މުދިމު ވަނީ މަލީކް އިމާމުގެ މަގާމުގައި ހުރެ ނަމާދު ކުރަން ފުރުސަތު ދީފައެވެ. ވީޑިއޯ އިން ދައްކުވައި ދެނީ މަލީކް ތަރާވީސް ނަމާދު ކުރާ މަންޒަރެވެ.

ތަރާވީސް ނަމާދު ނިންމެވުމަށްފަހު ރައީސް ހުކުރު މިސްކިތުން ނުކުމެވަޑައިގަތް ވަގުތު، ރައީސް ޞާލިހާއި މަލީކް ސަމާސާކޮށް ވާހަކަ ދައްކާ ވީޑިއޯ އާއްމުވެ މަލީކަށް ވަނީ ބޮޑު ސަމާލުކަމެއް ލިބިފައެވެ. އެލައިޑް އިންޝުއަރެންސް އިން ތައްޔާރު ކުރި "މަދިރި ހޯހޯ" އިސްތިހާރުން ވެސް ވަނީ މަލީކަށް ފުރުސަތު ލިބިފައެވެ.

މަލީކްގެ އާއިލާ އިން މައުލޫމާތު ދީފައިވާ ގޮތުގައި މަލީކް އާއި ރައީސް ޞާލިހްގެ ވީޑިއޯ އާއްމުވުމުގެ ކުރިން ރައީސް ޞާލިހް ވަނީ މަލީކް މުލީއާގެ އަށް ގެންދަވާފައެވެ. މަލީކް އާއި ރައީސް ޞާލިހްގެ ރަހުމަތްތެރިކަމަށް މިހާރު މަހެއްހާ ދުވަސް ވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. މުހައްމަދު

    މިހާރު ތިޔަ ކުއްޖާގެ ކަންތައް މާމައްޗައް ތިދަނީ، ބޭނުމިއްޔާ އިބޫ ދީ އޭނަ އައް ވެރިކަން އިރު ކޮޅަކައް، އެކަމު ނަމާދާ ނުކުޅޭ

    110
    38
    • މަލީކު

      މަގޭ ކަންތަކެއްނޫންޓމައްޗަށްދަނީއެއް ތަމެންގެކަންތައް މަ މިއުޅެނީ ވެރިކަމަށް ދަހިވެގެނެެއްނޫން ދެލޯފުޅާ ނަމާދާ ކުޅުމެއް ނޫން އެއީއެއް މަވެސް މޮޅު މުދިމަކަށް ވެވޭނެ

      45
      49
    • މަމެން

      އެމްޑީޕީ މީހުންނާ ނުބެހެ ބަލަ

  2. މަމްމޫޓީ

    އޭ ފްރެންޑޫ އިމާމު ކަމަކީ ކުޅޭކުޅޭ ކަމެއް ނޫން، ފްރެންޑް ފޫހިވެގެން ކުޅެންޔާ ދޭ މޫލީއާގެ އަށް..

    106
    18
    • ޢިބޫ

      ކުޅޭ ކުޅޭ އެއްޗެއްހެން ހީވެގެން ތިޔާ އުޅެނީ ޗަކޮއެ މެންނަށް... ޢިމާމަކަށް ވެވޭނެ ކިތަންމެ އުމުރުން ހަގަސް... ...

      57
      39
  3. ނަމަ

    އެސޮރު ލައްވާ ކުރާނެ ނުކުރާނެ ކަމެއް ނޭގުނީބާ

    98
    19
  4. ޏ

    އިމާކަކަށް ވެހުރެ ޖަމާއަތެއްގަ ނަމާދު ކުރުމާހަވާލު ވާނީ އެހިސާބަށް ދެވުނީމަ . ނުދެވޭނެ ނަމަ އަދި ޖެހޭނީ މަޑު ކޮއްލަން ދެން ތިހެން ރައިސްގެ ފުރެންޓެކޭ ކިޔާ ތިގޮތަށް އިމާމްކަން އަތުލަން ވެއްޖެ ނަމަ ސަލާމަތެއް ނެތެއްނުން . ޙުވަފެނެކޭ ކިޔާ .ރައިސްގެ ފުރެންޓަކަށް ވިއަސް ތިމާގެ މީހަކަށް ވިއަސް ތިދެން ބޮނޑު ވަރު ހިޔެއް ނުވޭ މުދިން ކަމުގެ ސަނަދެއް އޮތް ހެނެއް .އެހިސާބަށް އަންނައްދެން މަޑު ކޮއްލުން ރަގަޅު ..ރައިސް ދެއްވާ ސަނަދެއް ނަމަ ވެސް އެއެއްޗެއް ލިބެން ދެން .

    37
    9
  5. މަލްކާ

    މީދެން ފުކެއް ބޮޑުވަރު ކަންނޭނގެ. ރައީސާ މިސްކިތުން ސަލާމްކުރި ދުވަހުވެސް ރައީސްގެ އޯގާތެރިކަން ފެނުނު. އެކަމަކު މިކުއްޖާގެ ވާހަކަ ދެއްކުމުގެ ރާގު ގަނޑު ހުރީ ބާޒާރު މަތީ ވައްތަރަށް. މައިންބަފައިން ދަރިންނަށް އަދަބު އަހުލާޤު ދަސްނުކޮށްދެވޭތީ ވާގޮތް.

    97
    15
  6. ސޯލިހްބާއި

    އިމާމަކަށް ހުރެ ނަމާދުކުރެވޭނީ ބާލިއުވެފައި ހުންނަ ބޮޑުމީހަކަށް. ކިޑަކުއްޖެއްގެ ފަހަތުގައި ނަމާދުކުރުން ސައްޚައެއްނޫން. އެކަމަކު އެކުއްޖާ އެކަމަށް ހިތްޖައްސަވަން ޕޯރެކްޓިސް އަށް ކުރުވުން ވަރަށް ސަޅި( ނަމާދު ވަގުތުގަނޫން ގަޑިތަކުގަ)

    45
    2
  7. އެޑިކްޓް

    ތިވަރުން ދަންޏާ ތިކުއްޖާއަށް ތިކުއްޖާ ފެނި އެންމެފަހުން މަތަނުވެގެން ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން ނުކާނޭ ނުބޯނެ އެއްޗެއް ނުފެނިގެން އުޅޭތަން ދިރިތިބި ބަޔަކަށް ފެންނާނެ.

    40
    14
  8. ނަރީމާން

    މަށަށް ވިސްނޭ ގޮތުގައި އާއްމު މިންގަނޑަށް ވުރެ ލަދު ނުގަންނަންޏާ މީ ވަރަށް މަޝްހޫރުވާ ކަމެއް . އެކަމަކު އިސްލާމް ދީނަކީ ލަދުވެތިކަން ވަރަށް މާތް ސިފައެއްގެ ގޮތުގައި ބަލައިގަނެފަ އިންނަ ދީނެއް .. މަށަށް އެހާ އޯކޭ އެއް ނޫން ތިކަން ތިދާ ގޮތެއް .. ބޮޑެތި މީހުނަށް ރަސްކަލުންނަށް ރައީސުންނަށް އިޙްތިރާމް ކުރަންވާނެ..

    50
    5
  9. ބޯގަންވިލާ

    މިހާރު ދެން އިބޫ އެއް ކަމަކު ނަމާދު ވެސް ޖޯކަކައް ތިހަދަނީ

    27
    3
  10. ހަސަދު

    ކުދިންނަށް ތަންތަނަށް އިހުތިރާމް ކުރަން ދަސްކޮށްދޭންޖެހޭނެ. ބޭނުންހާ ކަމެއް ކުރެވިގެން ނުވާނެ. މިސްކިތި އިމާމް ހުންނަ ތަން އެއީ އިހްތިރާމް ކުރަން ޖެހޭ ތަނެއް. ވީމާ ކުދިންނަށް ދަސްކޮށްދޭން ޖެހޭނެ ވަކިވަރަކަށް އުގެނި، އަދި އިހްތިރާމް ލިބުނީމާކަން އިމާމް ހުންނަ ތަނަށް އެރޭނީ.

    44
    3
  11. އެދުރުބެ

    މުހައްމަދު ބުނުއްވިހެން. މިހާރުދެން އެކުއްޖާފުޅުގެ ކަންތައް މާމައްޗަށް ތިޔަ ގެންދަނީ، ތީ ދެން ބޮޑުވަރު، އަނެއްކާ އީދު ދުވަހު ވެސް އެބުނީ ނަމާދުން އައިއިރު މަދިރިފަނި އަޅާފައިހުރި ވަރަށްގިނަ ތަންތަން ފެނުނުކަމަށް، އަޅެ އަޖައިބެއް ނުވާނެތަ، އޭނައަކީ ރަށެއްގެ ވަލުތެރެއިންތަ؟

    36
    3
  12. މިތުރު

    މިކުއްޖާގޭ ވާހަކަދެއްކުމުގައި އެއްވެސްއަދަބުވެރި ކަމެއް ނެއް

    41
    2
  13. ޟޯލިހާދ

    ފުރިހަމަ ގޮތުގައި ނަމާދު ކުރެވޭނެ ހެނެއް ހިޔެއް ނުވޭ ވީމާ އެކުއްޖާ އަދި ބޮޑޭ ވާން އެދުނުކަމުގައި ވިޔަސް އިމާމް ކަން ދީގެން ނުވާނެ. އަދި ކާކުތަ އެއުޅެނީ އެންމެން ކުރިމަތީ ފޮޓޯ ނަގަން؟

    25
    1
  14. ސަޓޯ

    އަދަބެއް ސަދަބެއް ނެތް ބާޒާރު މަތީ މީހުން އުޅޭ ވައްތަރަށް ވާހަކަވެސް ދައްކަނީ ހަމަ ސީދާ އެމްޑީޕީ މީހުން އުޅޭ ވައްތަރަށް އައްޗީ.... އެއްވެސް ލޯތްބެއްނޫން ދެން މިހާރަކު މަޖަލެއް ނޫން ތިކުޅިވަރު ހުއްޓާލާ... ނަމާދާ ނުކުޅޭ!!! ނަމާދަދީ ކުޅޭކުޅޭ އެއްޗެއްނޫން... ގޭތެރޭ އަހަރެމެނަށް ނުފެންނަ ގޮތައް ތިސަކަރާތް ޖަހާ..

    25
    4
  15. ކކކކ

    ފުކެއް ބޮޑުވަރު. މިކުއްޖާގެ ޚަބަރު ދެން ނޫސްތަކުން ކިޔާކަށް ބޭނުމެއްނޫން. ނޮޓް ކިއުަޓް އޯ ފަނީ އެޓްއޯލް