ކުޑަ ކުއްޖަކު ކޮށްޕާލި މައްސަލާގައި ސަލްމާން ޚާންގެ، އޭނާގެ ބޮޑީގާޑްގެ ގައިގާ ޖަހައިފިއެވެ.

ސަލްމާން ޚާން އޭނާގެ ބޮޑީގާޑްގެ ގައިގާ ތަޅައިގަތް ވީޑިއޯ މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެ ވީޑިއޯ އިން ފެންނަގޮތުގައި ސަލްމާން އޭނާގެ ބޮޑީގާޑްއާއެކު ސިނަމާ ހޯލެއްގެ ތެރެއިން ނުކުންނަ މަންޒަރު ފެނެއެވެ. ވަރަށް ބައިވަރު މީހުން އޮތް އެ ތަނުން ސަލްމާން ނުކުންނަން ދަނިކޮށް ސަލްމާންއަށް މަގުދައްކަމުންދިޔަ އެއް ބޮޑީގާޑްގެ ގައިގާ ސަލްމާން ޖަހާ މަންޒަރު ފެނެއެވެ.

ސަލްމާން އެ ބޮޑީގާޑްގެ ގައިގާ ޖެހީ ކޮން ސަބަބަކާއި ހެދި ކަމެއް ޔަގީން ނުވި ނަމަވެސް ރިޕޯޓްތައް ބުނާގޮތުގައި، ސަލްމާން އެކަން ކުރީ، ސަލްމާންއަށް ސަޕޯޓް ކުރާ ކުޑަކުއްޖަކު ދުރަށް ޖެއްސުވުމާއި ގުޅިގެން އެކަމާ ހިތްހަމަނުޖެހިގެންނެވެ.

އެ ވީޑިއޯ ދައުރުވުމާއެކު އެތައް ބަޔަކު ސަލްމާންއަށް ތައުރީފް ކުރަމުން ދަނީ، ކުޑަކުއްޖަކާއި، މެދު ކަންތައް ކުރިގޮތުން ސަލާމާން ބޮޑީގާޑަށް އަބަދު ދިނީތީއެވެ. ނަމަވެސް ސަލްމާން ބޮޑިގާޑްގެ ގައިގާ ޖެހުމުން އެކަމާއި ހިތްހަމަނުޖެހިގެން ވާހަކަދައްކާ މީހުންވެސް މަދެއް ނޫނެވެ.

ސަލްމާން ދެން އެންމެ އަވަހަށް މަސައްކަތް ފަށައިގަންނާނީ ފިލްމް ބާރަތްގައެވެ. ސަލްމާންއާއެކު އެ ފިލްމްގައި ދެން ފެނިގެން ދާނީ ކެޓްރީނާ ކައިފްއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާެައެކޮެައެ

    ބާރަތު އަކީ ރިލީޒް ކޮއްފަ އޮތް ފިލްމެއް،ދެން ކިހިނެއް އިތުރަށް އެ ފިލްމްގެ މަސައްކަތް ކުރާނީ؟

    16
    2