ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޮނަސްގެ ކައިވެނީގެ ގޮށް ޖަހާލައިފިއެވެ. ދެ ތަރިންގެ ލޯބީގެ ގިނަ ވާހަކަތަކެއް އަބަދުވެސް މީޑިއާތަކުގެ ސަމާލުކަމަށް އާދެއެވެ. މިދިޔަ ޑިސެންބަރު މަހު ކުރި ކައިވެންޏަށްފަހު ދެ މީހުން އެކަކު އަނެކަކު ދެކެ ވާ ލޯބި މީސް މީޑިއާށް ބަންޑުން ކުރަމުންދާއިރު، މި ދެތަރިންނަކީ ނަމޫނާއެއް ކަމަށް ބަަލައިގެން ކައިވެނި ކުރަން އުޅޭ މީހުންވެސް މަދެއް ނޫނެވެ.

މި ދެތަރިންގެ ކައިވެނި ކުރުމުގެ ކުރިންވެސް އަދި އޭގެ ފަހުންވެސް މި ދެތަރިންނާއި ގުޅޭގޮތުން އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެގެން ދަނީ ނިކްއަށްވުރެ ޕްރިޔަންކާގެ އުމުރު ދޮށީ ވުމާއި ގުޅިގެންނެވެ. ޕްރިޔަންކާގެ އުމުރަކީ 36 އަހަރެވެ. ނިކްގެ އުމުރަކީ 26 އަހަރެވެ. މި ދެ މީހުންގެ އުމުރުގައި 10 އަހަރުގެ ތަފާތު އެބަހުއްޓެވެ.

އެކަމާއި ހެދި ފާޑުކިޔުންތައް އަމާޒުވަމުން ދަނީ އިންތިހާއަށެވެ. އެންމެ ފަހުން ޕްރިޔަންކާ މި ވަނީ މި ފާޑުކިޔުންތަކަށް ޖަވާބުދީފައެވެ.

ޕްރިޔަންކާ ބުނީ، އޭނާއާއި ނިކްގެ އުމުރުގެ ތަފާތުކަމުގެ ވާހަކަ އަދިވެސް ގިނަ ބަޔަކު ދައްކަމުން އަންނަ ކަމަށެވެ. ޕްރިޔަންކާ ބުނީ، ފިރިހެނަކު ދޮށީވިޔަސް އެކަމާއި މާބޮޑަށް ވާހަކަދައްކާ ނޫޅާ ކަމަށެވެ. އަދި މީހުންނަށް އެގޮތް ކަމުދާކަމަށްވެސް ޕްރިޔަންކާ ބުންޏެވެ. އެހެން ނަމަވެސް އޭނާ އެ ގޮތް ބަދަލުކޮށްފައިވާކަމަށް ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ދަ ސްކައި އިޒް ޕިންކް އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުބީނު މާރނީ

    އަހަރުމެންގެ ސުނީ ވެސް ދެން ތިޔަ ކަހަލަ ޖޮނީ ގަނޑެއް ހޯދާނެ ވަރަށް އަވަހަށް. ސުނީ އަށް ވެސް ތިގޮތަށް ދިމާ ކުރޭ މީހުން. އެކަމަކު ސުނީ ދެކެ ލޯބިވާ ފޭން އެއް މަމީ. ސުނީ ވެސް ވަރަށް ލައިކު، ޕްރިޔަންކާ ދެކެ. މިގޮތަށް މީހުން ފާޑުފާޑު ކޫސަނި އެއްޗެހި ކިޔަނީ ޖެލަސް ވާތީ ! ސުނީ ދެކެ ލޯބިވާ މީހުން ކަނޑާއި ކަރުނަ ތިއްކެއްހާ ތަފާތު. ވާހަކަ އަކީ ކަނޑަށް ކަރުނަ ތިއްކެއް ވެއްޓިގެން އެކަން ފާހަގަ ވާނެތަ ؟

    8
    8
  2. ޖޮއްބެ

    އަޖައިބެއް. އެސޮރު މައްސަލަނެތީ ދެން ކަލޭމެން ކޮން މައްސަލަ ހުންނަނީ....؟

    24
    1
  3. މަރިޔަމް ނަޝްފާ

    މުބީނު އެބުނީ ތެދެއް. ތިބަސް ދިވެހި ބަހުން ބުނާނީ، "ކަނޑު ގަ އެޅޭ ރޮނގެއް ފަދަ" އޭ. ވާހަކަ އަކީ ސުނީ ދެކެވެސް ޕްރިޔަންކާ ދެކެ ވެސް ލޯބިވާ މީހުން އެހާ ވެސް ބޮޑަށް ލައިކު ވެޔޭ. ދެން މީހަކު ފާޑު ކިއްޔާ ކޮންކަމެއްހޭ !!!

    9
    1