އީދު ފާހަގަކުރުމަށްފަހު ގެއަށް ދިޔަމަގުތީގައި ހިނގި އެކްސިޑެންޓެއްގައި ހަ މީހަކު މަރުވެއްޖެއެވެ.

އިއްޔެގެ ވަގުތެއްގައި މި ހާދިސާ ހިނގާފައި ވަނީ އިންޑިއާގެ ހަރްޔަނަ ޖިންދު ޑިސްޓްރިކްޓްގައި ކައިރީގައެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ ސިރްސާ ސިޓީގައި ހުންނަ އެ މީހުންގެ ގެއަށް ދިޔަ މަގުމަތީގައި ޓްރަކެއްގައި ޖެހިގެންނެވެ.

ސްޕޯޓްސް ޔޫޓިލިޓީ ވެހިކަލެއްގައި ދަތުރުކުރަމުންދިނިކޮށް ހިނގި މި އެކްސިޑެންޓްގައި ހަ މީހުން މަރުވިއިރު، އިތުރު ހަ މީހުންނަށް ވަނީ އެކި ވަރުގެ ޒަހަމްތައް ލިބިފައެވެ. އެ މީހުންނަށް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

އިއްޔެ ވަރަށް ހެނދުނުގެ ވަގުތެއްގައި މި ހާދިސާ ހިނގާފައިވާއިރު، އެ ވެހިކަލް ގޮސް ޖެހިފައި ވަނީ ޝީޓްތަކެއް އަރުވާ ބަރުކޮށްފައި އޮތް ޓްރަކެއްގައެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ވެހިކަލް ދުއްވަން އިން ޑްރަވިރަށް ޓްރެކް ނުފެނި ގޮސް، އެ ޓްރަކްގައި ޖެހިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މީހުން އީދު ފާހަގަކުރަމުންދިޔައީ އުއްތަރް ޕްރަދޭޝް ޝަމިލި ޑިސްޓްރިކްޓްގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. AMAN

    KIHAA DHERA