މީޑިއާތަކުގެ ބޮޑު ސަމާލުކަމަށް އަންނަ އެއް ބަޔަކީ މަޝްހޫރު ތަރިންނެވެ. އެކި ތަރިންނާއި ގުޅޭގޮތުން އެެކި އަޑުތައް ފެތުރެއެވެ. އަދި ބައެއް ކަހަލަ މައްސަލަތަކުގައި ބައެއް ތަރިން ހައްޔަރުކުރެވިގެންދެެއެެެވެ. އަދި މި ތަރިންނާއި ގުޅޭގޮތުން މީޑިއާތަކުގައި އެތައް ވާހަކައެއްވެސް ދެކެވިގެންދެއެވެ.

މިގޮތުން ބައެއް ބޮލީވުޑްގެ ތަރިންވެސް ހައްޔަރު ކުރެވުނެވެ. އެ ތަރިންނަކީ ކޮން ބައެއް ކަމާއި، އެ ތަރިން ހައްޔަރުކުރެވުނު ބައެއް ސަބަބުތައް ބަލާލަމާ ހިނގާށެވެ.

ސަލްމާން ޚާން

ބޮލީވުޑްގެ އެންމެ ފިޔަަޖަހަމުން އަންނަ އެކަކަކީ ސަލްމާން ޚާންއެވެ. އޭނާއާ ގުޅޭ ދެ މައްސަލައެއް މީގެ އަހަރުތަކެއް ކުރިން ފަށައިގެން ހިނގަމުންދެއެވެ. އެއް މައްސަލައަކީ މީގެ އަހަރުތަކެއް ކުރިން ހިމާޔަތްކޮށްފައިވާ ދެ ފުއްލާ މަރާލި މައްސަލައާއި، މަގުމަތީގައި ނިދާފައި ތިބި ބައެއްގެ ގަޔަށް ކާރު އެރުވި މައްސަލައެވެ.

ޖީތެންދްރާ

ވެތެރަން އެކްޓަރ ޖީތެންދްރާއާ ގުޅޭގޮތުން ފުލުހުންގެ އިދާރާއިން މައްސަލައެއް ބަލަމުން ދަނީ އާއިލާ މީހަކާއި ޖިންސީ ފުރައްސާރަ ކުރި މައްސަލައެވެ. އެ މައްސަލަ ޝިމްލާ ފުލުހަށް ހުށަހަޅާފައި ވަނީ މިދިޔަ ޖެނުއަރީ މަހުއެވެ.

ސަންޖޭ ދަތް

ސަންޖޭ ދަތް އާ ގުޅޭ މައްސަލައެއް ފުލުހަށް ހުށަހެޅިގެން ދިޔައީ 1993 ވަނަ އަހަރެއެވެ. އެ މައްސަލައަކީ މުމްބާއީގައި ބޮން ގޮއްވާލި ހާދިސާއާ ގުޅިގެން ކުރި ތަހުގީގެއްގައި ސަންޖޭ ހަތިޔާރު ގެންގުޅުނު މައްސަލައެވެ. އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވެ އެ މައްސަލާގައި އޭނާ ޖަލަށްވެސް ލިއެވެ.

ޝާހްރުކް ޚާން

ޝާހްރުކް ޚާންއާ ގުޅޭ މައްސަލައެއް ފުލުހަށް ހުށަހެޅިގެން ގޮސްފައި ވަނީ އޭނާގެ ފިލްމް "ރައީސް"ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ރޭލް ސްޓޭޝަނެއްގެ ބައެއް ގެއްލުންދިން ކަމަށް ބުނެއެވެ.

ނަވާޒުއްދީން ސިއްދީގު

ބޮލީވުޑް އެކްޓަރު ނަވާޒުއްދީން ސިއްދީގު ފުލުހަށް ހާޒިރުކޮށްފައި ވަނީ ޤާނޫނާ ޚިލާފަށް އޭނާގެ އަނބިމީހާގެ ފޯނު ކޯލުތަކުގެ މައުލޫމާތު ހޯދައި، އަނބިމީހާއަށް ފާރަލައިފައި ވާކަމަށް ތުހުމަތުކޮށެވެ.

ކިޔުންތެރިންގެ ހިޔާލު