މުޅި ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ އެމެރިކާގެ ފިލްމީ ތަރި އަދި މަޝްހޫރު މޮޑެލް ސިއެއްނާ މިލާ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެއެވެ.

މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ސިއެއްނާ ރާއްޖެ އައިސްފައިވާއިރު، އޭނާ ޗުއްޓީ ހޭދަކުރަމުންދާނީ މުޅި ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ރިސޯޓެއްކަމަށްވާ ޖުމެއިރާ ވިޓަވެލި ރިސޯޓުގައެވެ.

ސިއެއްނާ އެ ރިސޯޓުގައި އެއް ހަފްތާ ހޭދަ ކުރާނެއެވެ. ސިއެއްނާއެކު އޭނާގެ މަންމަ އާއި ފަސް އަހަރުގެ އަންހެން ދަރިފުޅުވެސް ވަނީ ރާއްޖެ އައިސްފައެވެ.

އިނގިރޭސިވިލާތުގެ ފިލްމަކުން ފިލްމީ ދާއިރާ އަށް ވަތް ސިއެއްނާ އަކީ މިހާރު ފެޝަން ޑިޒައިނަރެއްވެސް މެއެވެ. މި އަހަރު ތެރޭގައި ސިއެއްނާގެ ދަ ބާރނިންގ ވުމެން ނަމަކަށް ކިޔާ ޑްރާމާ ފިލްމް ޕްރިމިއާ ކުރާނެއެވެ. އަދި އޭނާ ފެނިގެންދާ ދަ ކެޗާ ވޯޒް ސްޕައިންގ ފިލްމް ވަނީ އަހަރު ތެރޭގައި ޕްރިމިއާކޮށްފައެވެ.

މިއީ ސިއެއްނާ ރައްޖެ އައިކަމަށް ބެލެވޭ ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު