• އުމުރުން 11 އަހަރުގައި ޖޭން ޕްރިޓް ކަށީގެ ކެންސަރަށް ފަރުވާލިބުމަށްފަހު، އޭގެ 20 އަހަރުފަހުން ވަޒީފާއަށް ވަނީ ކެންސަރަށް ފަރުވާހޯދި ހޮސްޕިޓަލުގެ ޑޮކްޓަރުގެ ވަޒީފާއަކަށެވެ.

މިހާރު 31 އަހަރު ފުރިފައިވާ ޖޭންގެ ކަކުލުގައި ޓިއުމަރެއް އުފެދި، ކެމޯތެރަޕީ ދީފައި ވަނީ ޗިލްޑްރެން އެސްޓީ ޕައުލްސް ހޮސްފިޓަލުގައި އެވެ.

ބޭރުގެ ނޫހަކަށް މައުލޫމާތު ދެމުން ޖޭން ބުނިގޮތުގައި ކެންސަރުން ފަރުވާ ހޯދުމަށް އަހަރެއްހާ ދުވަސް ނެނގި ކަމަށާއި ޖޭން ދިޔައީ ބަލިން ސަލާމަތްވޭތޯ ދުވަސްތައް ގުނަމުން ކަމަށެވެ.

އަދި ބަލިން ފަރުވާ ހޯދުމަށްފަހު ޖޭންގެ ހުވަފެނަކަށްވެފައި ވަނީ ޑިސްނީ އެނިމޭޓާސް ތަކާއި ބައްދަލުވުން ކަމަށާއި ޑޮކްޓަރުންގެ އެހީގައި ފަރުވާ ލިބުމަށްފަހު އެ ހުވަފެން ހަގީގަތަކަށް ހެދުމަށް އެއާޕޯޓަށް އެރި ހިސާބުން ޖޭން އަށް ވިސްނުނީ، އޭނާއަށް އެލިބުނު އެހީގެ ބަދަލުގައި އެހެންމީހުންނަށާއި އައިލާތަކަށް އެހިވުމަށް ވާނީ ޑޮކްޓަރަކަށް ކަމަށެވެ.

އެގޮތުން އެހިސާބުން އެ ދާއިރާއަށް ޝައުގުވެރިކަން އުފެދި ކިޔެވުމަށްފަހު، އެހޮސްޕިޓަލަށް އެބުރި ދިޔައީ ކަމަށް ޖޭން ބުނެފައި ވެއެވެ.

އަދި ކެންސަރަށް ފަރުވާ ހޯޯދުމުގެ ތެރޭގައި ކެންސަރަށް ފަރުވާ ހޯދަމުންދާ ކުދިންނަށް އެހީވެދޭ ޖަމިއްޔާއެއް ކަމަށްވާ "މޭކް އަ ވިޝް" ގެ އެހީތެރިކަން ޖޭންއަށް ލިބިފައިވާ ކަމަށް ބުނެފައި ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު