ފްލަރިޑާގެ ހައިވޭ މަތިން ސައިކަލެއްގައި ދިޔަ މީހަކު އަޅައިގެން ހުރި ހެލްމެޓަށް ހޮނު އަޅުމުގެ ސަބަބުން އެ މީހާ މަރުވެއްޖެއެެވެ.

އުމުރުން 45 އަހަރުގެ އެ މީހާ އަޅައިގެން ހުރި ހެލްމެޓަށް ހޮނުއަޅާފައި ވަނީ މިދިޔަ އާދިއްތަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ހައިވޭގައި ދުއްވަމުން ދަނިކޮށެވެ. ރިޕޯޓްތައް ބުނާގޮތުގައި، ހޮނު އަޅާފައި ވަނީ އޭނާ އަޅައިގެން ހުރި ހެލްމެޓަށް ކަމަށާއި، އަދި އޭނާ ވަގުތުން ސައިކަލުން ވެއްޓުނު ކަމަށެވެ/

އޭނާ ވެއްޓި ޖެހުނީ އެއް މަގުގެ އެއް ފަޅީގައި ހުރި ވިނަގަނޑުތަކެއްގެ މަތީގައެވެ. އެ މީހާއަށް ލިބުނު ސީދާ އަނިޔާތަކުގެ ތަފްސީލެއް ނޭގޭއިރު، އެ މީހާ މަރުވީ އެ ހާދިސާގައި ލިބުނު ކޮން ކަހަލަ އަނިޔާއެއްގެ ސަބަބުން ކަމެއްވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.

އަދި ކަމާއި ބެހޭ އޮފިޝަލުން އެ މީހާއާ ގުޅޭ މައުލޫމާތުތައް އާއްމުކޮށްފައެއް ނުވެއެވެ.

އާދީއްތަ ދުވަހު ޑޭޓޮނާ ބީޗް ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހެމުންދާ ކަަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު