ރ.އަތޮޅު މީދޫ ދެމަފިރިއަކަށް ލިބުނު ކުއްޖަކު މައިމީހާގެ ބަނޑު ތެރޭގައި ނިޔާވުމުން ބައްޕަގެ ހިތުތެރޭގައި އުފެދުނު އިހްސާސްތައް ފޭސްބުކްގައި ހާމަކުރުމާއި އެކު އެތައް ބައެއްގެ ލޮލުން ކަރުނަ ހިލިއްޖެއެވެ.

މުހައްމަދު އަހްމަދު ހައްސާންގެ ނަން ދިން ކުއްޖާ ނިޔާވުމުން ކުއްޖާގެ ބައްޕަ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ "ބައްޕަގެ ދޫންޏާއެވެ. ލޯބިވާ ދަރިފުޅާއެވެ. ވަކިވެގެން ތިޔަ ދިޔައީ މަންމައާއި ބައްޕަ ދާއިމީ އުދާސްތަކުގެ ވޭނާ ކެކުޅުމުގެ ތެރެއަށް ދޫކޮށްލައިފައެވެ. މަންމައާއި ބައްޕަ ދެކެމުން އައި ހުވަފެންތަކަށް ޚަރީފު މޫސުމުގެ ކުލަވަރުތައް ޔަޤީންކޮށްފައެވެ. ބައްޕަ ހިތްވަރުކުރާނަމެވެ. ޔަޤީންކުރަމުންނެވެ. ޖަންނަތުން ތިޔަ ދަރިފުޅު ބައްޕާއޭ ކިޔާ ގޮވާލާނެކަމަށެވެ.
އާއެކެވެ. ބައްދަލުވުން އޮތީ ޖަންނަތުންނެވެ. މާތް الله ބައްޕަގެ ލޯބި ލޯބި ފުރާނަޔަށް ޖަންނަތުން އުފާ ފާގަތިކަން މިންވަރުކޮށްދެއްވާށިއެވެ. އާމީން!"

ކުއްޖާގެ ބައްޕަގެ ސްޓޭޓަސް ގިނަ ބަޔަކު ވަނީ ޝެއާ ކޮށްފައެވެ.

އަދި ކުއްޖާގެ މައިންބަފައިންގެ ރަހުމަތްތެރިޔަކު ވެސް ވަނީ އެކުއްޖާ ނިޔާވެ އާއިލާ އަށް ލިބުނު ހިތާމައިގައި ބައިވެރިވެ އަސަރުގަދަ މެސެޖެއް ދީފައެވެ.

އޭނާ ފޭސްބުކްގައި ލިޔެފައި ވެއެވެ. "ކޮންމެ ކަމެއްވެސް ވާހުށީ އެކަލާނގެ ހެޔޮ މިންވަރު ފުޅުންނެވެ. ދުނިޔެއަކީ އިމްތިޙާނުގެ ގޮވައްޗެއްކަމާއިމެދު ޝައްކުކުރާނެ ޖާގައެއް ނެތެވެ. އަލަތު ކައިވެނިން ދެމަފިރިއަކު ޖަރީކުރަމުންދިޔަ ހުވަފެން މިއަދު އެވަނީ އެމީހުންގެ ހިތްތައް ހިތާމައިން ރޮއްވާލައިފައެވެ."

މަންމައަކާއި ބައްޕައަކަށް ވުމުގެ ފޮނި އުއްމީދުގައި އެދެމަފިރިން ފެށި ދަތުރުގެ ވަކި ހިސާބަކުން ބައްދަލުވީ މަޔަކާއި ބަފަޔަކަށް ލިބޭނޭ އެންމެ ވޭނީ ޒަލްޒަލާއަށް ކަމަށް އޭނާ ލިޔެފައިވެއެވެ.

އޭނާ އިތުރަށް ލިޔެފައިވެއެވެ. "ބުނާކަހަލައެވެ. "ލޯބިވާ މަންމައާއި ބައްޕަގެ އިންތިޟާރީ އަހުރެން އެބަހުރީމެވެ. ބައްދަލުވުން އޮތީ ޖަންނަތުންނެވެ. ދުވަހަކުމެ އަލްވަދާޢެއް ނުކިޔާނޫއޭވެ. ތިޔަ އޯގާތެރި މަންމައާއި ބައްޕަގެ ލޮލުން ކަރުނައިގެ އެންމެ ތިއްކެއްވެސް އޮހުރުނަކަ ނުދޭނަމެވެ. އުފާ ފާގަތިކަމުގައި އަހުރެން މިވަނީ ރަޙުމާނުވަންތަ އިލާހުގެ ޙަޟްރަތުގައެވެ. މަންމައާއި ބައްޕަގެ އިންތިޟާރީގައެވެ."

އަހަރެންގެ އަޚާއި އަދި އެ އަޚާގެ ލޮބުވެތި އަންހެނުން މި އިމްތިޙާނުގައި ދައްކައިދިނީ ކެތްތެރިކަމުގެ ފުރިހަމަ ނަމޫނާއެއް ކަމަށް އޭނާ ބުންޏެވެ. "ދުނިޔެވީ އިމްތިޙާނުތަކުގައި اللهއަށް ވަކީލުކުރުމުގެ މާތް އަޚްލާޤެވެ.
ޔާ الله! އެ ދެމަފިރިންގެ އަޖުރު އިތުރުކޮށްދެއްވާށި! އަދި އެދެމަފިރިންގެ އެ މަޢުޞޫމު ފުރާނަޔަށް ޖަންނަތުގެ ދާއިމީ ހިޔާވަހިކަން ދެއްވާށި! އާމީން" އޭނާ ލިޔެފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުއްޖާ ނިޔާވީ ފުއްޕާމެއާއި ހިތައް ފެން އެޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. Anonymous

  ??

  44
  1
 2. ކަރުނަ

  ހިމޭންކަމާއެކު އޮތް ގައުމެއްގެ އެތައް ދަރީންނާ ބަފައިން ބަސްބުނި ހިނދުން ގޮއްވާލި އިރަކު ލޮލުން ކަރުނައެއް ނައިތަ؟

  25
  27
 3. ނާޒް

  އެދެމަފިރިން އަށް ކެތްތެރިކަން ދެއްވާށިއެވެ.އާމީން?

  94
 4. ހަގީގަތް

  އިސްލާމީ ގައުމުތަކުގައި ކުޑަ ކުދީން ޝަހީދު ކުރާއިރު ލޮލުން ކަރުނައެއް ނާދޭތަ؟

  35
  8
 5. ޕޮލިސް

  ޢެ ދެމެފިރިންނަށް ކެތްތެރިކަން ދެއްވާށި.. އަދި އެ މައުސޫމު ފުރާނަ އަށް ސުވަރު ގޭގެ ދާއިމީ ނިއުމަތް ދެއްވާށި... އާމީން

  50
 6. އެކުވެރި ތައްކޮ

  އަޅުގަނޑުގެ އެކުވެރި ސާންޓޭގެ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން!

  42
 7. ކައްޕިތާން

  ތިޔައީ ހިތާމަހުރިކަމެއް އެކަމަކު ގިނަމީހުން ރުހުމުގައި ދޭތެރެ ދުރުކޮއް ތި މަރާލަނީ ކިތަށް މައުސޫމު ފުރާނަތަކެއްތޯ ކާކަށް ބޯކަށްދޭކައް ނުލިބޭނޭކިޔާފައި މިކަމާ ކިތައްދެމެފިރިންވިސްނަވާތޯ ތިޔަ މައުސޫމް ތިޔަ ނިޔާވީ ހަގީގީމަރެއްކަމަށް ތިޔަ އުދާސް ތަކުން އެނގޭ އެކަމަކު ކިތއް ދެމެފިރިންތޯ ދޭތެރެ ދުރުކޮއް އުފަންވެދާނެކަމަށް ތިޔަ ދުއްވާލަނީ މިކަމާ ހިތާމަ ނުކުރަންތޯ