އެމެރިކާގައި ބަޑި ގޮތަށް ހުންނަ ފޯން ކަވަރު ބޭނުން ނުކުރުމަށް އެޤައުމުގެ ފުލުހުން އިލްތިމާސް ކޮށްފިއެވެ.

މިގޮތަށް އިލްތިމާސްކޮށްފައިވަނީ، މިފަދަ ފޯން ކަވަރެއް ގެންގުޅުނު ފަރާތެއް، ބަޑިއެއް ގެންގުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވުމާއި ގުޅިގެންނެވެ.

"ކުށްތައް އާއްމުވެފައިވާ މި ދަނޑިވަޅުގައި މިފަދަ ކަމެއް ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް. ބަޑި ގޮތަށް ހުންނަ ފޯން ކަވަރު މަގުމަތީގައި ބޭނުން ކުރާނަމަ އާއްމުންގެ މެދުގައި ބިރު އުފެދިދާނެ." ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެމެރިކާގެ ފުލުހުން މިފަދަ ބަޔާނެއް ނެރެފައިވާއިރު، މިގޮތަށް ފޯން ކޭސް ބޭނުންކޮށްގެން ދުނިޔޭގެ އެކި ސަރަހައްދުތަކުން މިމަހު އެކަނިވެސް ޖުމްލަ 12 މީހަކުވަނީ ހައްޔަރުކޮށްފައެވެ، އަދި މިމީހުންވަނީ ފަހުން ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު