ދުނިޔެ މިއަދު މިވަނީ މީސްމީޑިޔާގެ އަވައިގައި ޖެހިފައެވެ. މީސްމީޑިޔާ ބޭނުން ނުކުރާ ހަމަ އެއްވެސް މީހެއް އުޅޭނެ ހެނެއް ހިއެއް ނުވެއެވެ. މިއާއެކު މީސްމީޑިޔާގެ ޒަރިއްޔާއިން ގިނަ ޑާޓާތަކެއް އަޅުގަނޑުމެން ހިއްސާ ކުރަމެވެ. ހެކަރުންގެ ލޯ މީސްމީޑިޔާ ހެކް ކުރުމާ ދިމާއަށް ހުއްޓެނީ މިހާ ހިސާބުންނެވެ.
ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ މާޝެމަލް އިން މިވަނީ ތަފާތު ރިޕޯޓެއް ނެރެފައެވެ. މި ރިޕޯޓްގައި ބުނެފައިވަނީ މިހާރު ޕާސްވޯޑް ޖަހާ އަޑު އަހައިގެންވެސް މީސްމީޑިޔާގެ އެކައުންޓްތައް ހެކްކޮށްލެވޭ ކަމަށެވެ.
މިކަން ކުރާ ގޮތަކީ، ފޯނަށް އެޕްލިކޭޝަންއެއް އަަޅައި އޭގެ އެހީގައި ޕާސްވޯޑް ޖަހާ ވަގުތު، ފޯންގެ މައިކްރޯ ފޯންގެ އެހީގައި އިވޭ އަޑުތައް އަހައިގެންނެވެ، އަދި ޕާސްވޯޑް ގެސް ކުރެއެވެ.
މިގޮތަށް ފޯނަށް އެޕްލިކޭޝަން ގިނަ ފަހަރަށް އަޅަނީ، އެޑްތައް މެދުވެރިކޮށް އޮޅުމެއްގެ ތެރޭގައެވެ.
އަދި ގޮތް ނޭނގޭ އެޕްތަކަށް މައިކްރޯފޯން ބޭނުން ކުރުމުގެ ފުރުސަތު ނުދިނުމަށް މި ރިޕޯޓްގައި ބުނެފައިވެއެވެ.
އެހެންކަމުން މިއީ ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހިފައިވާ ކަމެކެކެެވެ. މިހާރުވެސް ގިނަ އެޕްތައް ބޭނުން ކުރާއިރު، އެޑްތަކުގެ އުނދަގޫ އިންތިހާއަށް ކުރިމަތިވެއެވެ. އަދި އެ ކެންސަލް ކުރަން ހަދައިގެން ބައެއް ފަހަރު ފޯނަށް އެ އެޕް އެޅޭ ގޮތްވެސް މެދުވިވެރިވެއެވެ.
ހެކަރުންގެ އަތްދަށުުން ސަލާމަތްވުމަށް މިފަދަ ކަންކަމަށް ސަމާލުކަންދީ ފާޑު ފާޑުގެ އެޑްތަކަށް ފިއްތާ ނެހެދުން ބުއްދިވެރިއެވެ.