ލޭގެ ކެންސަރުގެ ބާވަތެއް ކަމުގައުވާ ލުކީމިއާގެ ޝިކާރައަކަށް ވެފައިވާ ކުޑަކުއްޖެއްގެ ކައިރައަށް ޔުވެންޓަސްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ދަތުރުކުރި ބަސް ހުއްޓުވައި، އެ ކުއްޖާގެ މޫނަށް ހިނިތުންވުން ގެނެސްދީފިއެވެ.

ޕޯޗުގަލްގެ ކުޅުންތެރިން ރޭ ކުޅުނު ފައިނަލް މެޗްގެ ކުރިން އެންމެ ފަހު ފަރިތަކުރުންތައް ނިންމާލުމަށްފަހު ދިޔަ މަގުމަތިން އެގާރަ އަހަރުގެ ލުކީމިއާ ހުރި ކުއްޖާ ފެނިފައިވެއެވެ.

އެ ކުއްޖާ ހިފަހައްޓަގެން ހުރި ހުދުކުލައިގެ ގަނޑެއްގައި ކްރިސްޓިއާނޯ ރޮނާލްޑޯއާއި ބައްދާލުމަށް ބޭނުންވާ ކަމަށް މަންޒަރު ފެނިގެން ގޮސްފައިވެއެވެ.

މި މަންޒަރު ރޮނާލްޑޯ އަށް ފެނުމުން ވަނީ ޓީމްގެ ބަސް ހުއްޓުވާ، ބަހުން ފައިބައިގެން ގޮސް އެކުއްޖާއާއި ބައްދަލުކޮށް، ބައްދާލައި ވާހަކަ ދައްކާ ހަދާފައެވެ. އެވަގުތު އެކުއްޖާގެ މޫނު މަތިން ފެނިގެން ދިޔައީ ބުނެދޭން ނޭގޭހާ އުފާވެރި މަންޒަރެކެވެ. އެ ކުއްޖާ ދެކެމުން އަންނަ ހުވަފެންތަކުގައި ކުލަ ޖެހިއްޖެކަން ޔަގީނެވެ.އެކަން އެ ކުއްޖާގެ މޫނު މަތިން ސާބިތުކޮށްދީފިއެވެ.

ރޮނާލްޑޯ ފާހަގަކުރެވިފައިވަނީ އަބަދުވެސް މިކަހަލަ އިންސާނިއްޔަތަށް ލޯބިކުރާ މީހެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަހާންގީރު

    ޔާﷲ ރޮނާލްޑޯއަށް ތެދުމަގު ދައްކަވާފާންދޭވެ އާމީން !

    21