ލާމުގެ ރީތިކަން ޕްރަމޯޓް ކުރުމަށް ލާމު އަތޮޅުގެ ޒުވާނުންތަކެއް އިސްނަގައިގެން ހިންގަމުން އަންނަ "ވިޒިޓް ލާމު" ގެ ހަރަކާތްތައް އިތުރުކޮށް، ވިޒިޓް ލާމުގެ ޓްވިޓަރ ހޭންޑަލް އެއް ހަދައިފިއެވެ.

މިހާރުވެސް ފޭސްބުކް އަދި އިންސްޓަގްރާމްގައި ގިނަ ބައެއްގެ މެދުގައި މަޤްބޫލު ވިޒިޓް ލާމު އިން ޓްވިޓަރ ހޭންޑަލެއް ހެދުމަށް ނިންމާފައި މިވަނީ، ޓްވިޓަރ ބޭނުން ކުރާ ދިވެހިންގެ އަދަދު އިތުރުވަމުންދާތީ އާއި ގިނަ ބޭރުގެ ފަރާތްތަކަށް ވާސިލްވުމުގެ އުންމީދުގައި ކަމަށް ވިޒިޓް ލާމު އިން ބުނެއެވެ.

"އަސްލު މިކަންތައް އަޅުގަނޑުމެން މިކުރަނީ ލާމު ޕްރަމޯޓް ކުރަން، ލާމުގެ ހުރި ރީތިކަން، ޗާލުކަން މުޅި ދުނިޔެއަށް ދައްކަން. ދެން އަޅުގަނޑުމެންގެ ޓީމަށް ވިސްނުނީ ލާމުގެ ރީތިކަން ބޭރުގެ ފަރާތްތަކަށް ދެއްކުމަށް، ޓްވިޓަރ އަކީ މުހިންމު މީސްމީޑިޔާއެއްކަން." ދުވަސް އަށް މަޢުލޫމާތު ދެމުން ވިޒިޓް ލާމުގެ އޮފިޝަލަކު ވިދާޅުވިއެވެ.

https://twitter.com/LaamuVisit

 

ވިޒިޓް ލާމު އިން މިހާރުވެސް ފޭސްބުކް އަދި އިންސްޓަގްރާމްގައި ދިހަ ހާހަށްވުރެ ގިނަ ފްލޯވަރުން ތިބެއެވެ. އަދި ލާމުގެ ރީތިކަން ދައްކާލުމަށްޓަކާއާއި . ލާމު ރީތި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެފާތްތަކުން މިހާރުވެސް ދަނީ ގިނަ ކަންތައްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލިލިއަން❤

    ތިޔަ ލާމެއްގެ އަންހެން ކުދިންނާހެދު މަގޭ މުޅި ދިރިއުޅުން ހަލާކު. ފަންޑިތަ ހެދިޔަސް ބޮޑުވަރު

    10
  2. ާލާލު

    ވަރަށް ހިއްގަައިމު މަންޒިލެއް ޗާލު ބޮޑު ރަށެއް އަންހެން ކުދިން ވަރަށް ރީތި ކުދިން ގިނަ ރަށެކެވެ.

  3. މީ އަހަރެން

    ލ. ގެ އެންމެ ބޮޑު ނަސީބަކޫ މިރާއްޖޭން އެންމެ ބިން ބޮޑަ އެންމެ ޤުދުރަތީ ވަސީލަތްތެއް،ލިބީފައި އޮތުން.
    ހިތާމަޔަކޫ މި ބޮޑަ ނަސީބަށް ސަރުކަަރުތެކުން އިހުމާލުވަމުން ދަންކަން.
    ދައުލަތުގެ ބަޖެޓުން އެންމެ ރ. އަކަށް ކެރުވޭން ހުރީ ކަންކަން އޭގެ އެތެއް ގުނައެއް ހޭދަކޮށްގެން މޮޅަ ބިންކޮޅަ ފުރިހަމަ ވެއިތޯ އޮޅެން ކަން
    ލ. ގެ ރައްޔަތުން މިކަމަށް ހެއިލާން ވެއްޖެ