ޖަރުމަންވިލާތުގެ ނަރުހަކު އެތައް ސަތޭކަ ބަޔަކު މެރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ޙުކުމެއް އިއްވާ އަދި އޭނާގެ އިތުރު މައްސަލަތަކެއް މިހާރު ވެސް ބަލަމުންދާ ޚަބަރު މިދިޔަ ހަފްތާގައި ފެނުނެވެ. މިފަހަރު ވެސް މިއޮތީ އެފަދަ ނަރުހެއްގެ ވާހަކައެވެ.

އިނގިރޭސިވިލާތުގެ ކައުންޓެސްގައި ހުންނަ ޗެސްޓާ ހޮސްޕިޓަލްގައި މަސައްކަތް ކުރި ލޫސީ ލެޓްބީ ނަމަކަށް ކިޔާ ނަރުހާއި ދެކޮޅަށް ފުލުހުން މިވަނީ އިތުރު ހެކިތަކެއް ހޯދާ އަނެއްކާވެސް އޭނާ ހައްޔަރު ކޮށްފައެވެ.

ތުއްތު 17 ކުއްޖެއްގެ މަރުގެ ތަޙްޤީޤަށް ފުލުހުން ލޫސީ ފުރަތަމަ ހައްޔަރު ކުރީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. ނަމަވެސް އޭނާ އާއި ދެކޮޅަށް އެކަށީގެންވާ ހެކި ފެންނަން ނެތުމުން އެފަހަރު އޭނާ ދޫކޮށްލިއެވެ.

މިހަފްތާގައި އަނެއްކާ ވެސް ލޫސީ ހައްޔަރު ކޮށްފައިވާއިރު ފުލުހުން ބުނީ އަށް ކުއްޖެއްގެ ގާތިލަކީ ލޫސީ ކަން މިހާރު ތަޙްޤީޤަށް ސާބިތުވާ ކަމަށެވެ. އަދި އިތުރު ހަ ކުއްޖަކު ވެސް ލޫސީގެ އަނިޔާވެރި އަމަލުތަކުގެ ސަބަބުން މަރުވި ކަމަށް ތުހުމަތު ކުރެވެއެވެ. މީގެ އިތުރުން އިތުރު ތިން ކުއްޖަކު މަރާލަން އޭނާ މަސައްކަތް ކުރި ކަމަށް ވެސް ތުހުމަތު ކުރެވެއެވެ.

ލޫސީ އާއި އެކު މަސައްކަތް ކުރި މީހުން ބުނާ ގޮތުގައި ރީތި ލޫޅާފަތި ހަށިގަނޑުގެ ސަބަބުންނާއި، ވާހަކަދެއްކުމުގައި ހުންނަ ހިމޭންކަމާއި، އެހެން މީހުންނަށް އިހްތިރާމް ކުރުމުގެ ރީތި ސިފައިގެ ސަބަބުން ލޫސީ އަކީ މަސައްކަތުގެ މާހައުލުން އެތައް ބައެއްގެ ލޯބި ހޯދި ނަރުހެކެވެ.

އޭނާގެ ކިބައިން މިފަދަ އަނިޔާވެރި އަމަލުތަކެއް ފެނިދާނެ ކަމަށް ގަބޫލު ކުރަން ވެސް ދަތިކަމަށް އެކުގައި މަސައްކަތް ކުރި މީހުން ބުނެއެވެ.

ތުއްތު ކުދިންގެ މަރުގެ މައްސަލަތަކެއްގެ ތަޙްޤީޤު އިނގިރޭސިވިލާތުގެ ފުލުހުން ފެށީ 2017 ވަނަ އަހަރު އެވެ. އެކުދިން މަރުވެފައި ވަނީ 2015 ވަނަ އަހަރާއި 2016 ވަނަ އަހަރާއި ދެމެދު އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. މަހޭޝް

  ވިދާހާ ކޮންމެ އެއްޗަކީ ރަނެއްނޫނޭ ބުނަނީ އެހެންވެގެން.

  29
  3
  • ނާރި

   !!ސަހާދެއް

   13
 2. ކުންޑަބު

  މުސްލިމު ނަމެއް ކިޔަސް މުސްލިމަކަށް ނުވާނެ

  10
 3. މާޝާ

  ރާއްޖޭގައިވެސް ތިފަދަ ޓެސްތް ތަކެއް ހަދާނެ ދުވަހެއް އަންނާނެނަމަ ކޮންފަދަ. އެއިރުން އަޖީއެމްއެޗް ގެ އައިސިޔޫ ގައި މަރުވެފައިވާ މީހުންގެ ހަގީގަތް އެގުނީސް. 2

  7
  1