ބޮލީވްޑްގެ ލެޖެންޑް އަމީތާބު ބަޗަންގެ ޓްވިޓާ އެކައުންޓް ހެކްކޮށް ޕާކިސްތާނަށް ތައުރީފް ކޮށްފިއެވެ.

އަމީތާބުގެ ޓްވިޓާ އެކައުންޓް ހެކް ކުރުމުގެ ޒިންމާ ތުރުކީގެ ބަޔަކު މިހާރު ވަނީ އުފުލާފައެވެ.

އަމީތާބުގެ ޓްވިޓާ އެކައުންޓް ހެކް ކުރުމަށް ފަހު ޕްރޮފައިލް ފޮޓޯ ވެސް ވަނީ ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ޚާންގެ ފޮޓޯ އަކަށް ބަދަލު ކޮށްފައެވެ. "ޕާކިސްތާން ދެކެ ވަރަށް ލޯބިވޭ" ކަމަށް ބުނެ އަމީތާބުގެ އެކައުންޓުން ޓްވީޓެއް ކޮށްފައިވެއެވެ.

އަމީތާބުގެ ޓްވިޓާ އެކައުންޓް ހެކް ކުރި މީހުން ވަނީ އިންޑިއާ އިން މުސްލިމުންނަށް ހަމަލާ ދޭތީ އެކަން ވެސް ކުށްވެރިކޮށް، އަމީތާބުގެ އެކައުންޓްން ޓްވީޓް ކޮށްފައެވެ.

ހޮލީވްޑްގެ ނަން މަޝްހޫރު ތަރިންގެ ޓްވިޓާ އެކައުންޓްތައް މީގެ ކުރިން ވެސް ހެކް ކޮށްފައި ވެއެވެ. ދާދިފަހުން ޝާހިދު ކަޕޫރުގެ ޓްވިޓާ އެކައުންޓް ވެސް ހެކް ކޮށްފައި ވެއެވެ.

އަމީތާބުގެ ޓްވިޓާ އެކައުންޓް ހެކް ކުރުމުން ހެކަރުންގެ ކިބައިން އެއެކައުންޓް ސަލާމަތް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ.

އަމީތާބުގެ އެކައުންޓް ހެކް ކުރި ކުރުމާއި ބެހޭ ގޮތުން މިހާތަނަށް އަމީތާބު ވެސް އަދި ޓްވިޓާ އިން ވެސް ރަސްމީކޮށް އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.