ފިންލޭންޑްގެ ކަނޑުގެ ސަރަހައްދުން "ފުރާތައެއް" ފެނިގެން އެގައުމުގެ ސިފައިން ކުއްލި ހާލަތަކަށް އައިސް "ފުރޭތަ" ހިފަހައްޓަން ދިޔައިރު އެއީ ބިރުވެރިކަމެއް އޮތް އެއްޗެއް ނޫންކަމާއި އެއީ ރަޝިއާގެ ޔޮޓެއްކަން އެނގިއްޖެއެވެ.
ފިންލޭންޑްގެ ކޯސްޓްގާޑުން ބުނީ "ތިން ބޯލާފައި އޮތް ކަނޑު ފުރާތައެއް" ފެނިގެން ސިފައިން ހަތިޔާރާއި އެކު އެއުޅަނޑު ކައިރިއަށް ދިޔަ ކަމަށެވެ. ނަމަވެސް އެއީ އާދަޔާއި ހިލާފު ކަމެއް ނެތް، ހަމަ އާދައިގެ އުޅަނދެއް ކަމަށް ކޯސްޓްގާޑުން ބުންޏެވެ.
ބޮޑު ބިރެއް ފެނިގެން، މާވަރުގަދަ އަށް ތައްޔާރުވެގެން އުޅަނޑުގެ ކައިރިއަށް ދެވުމުން ފިންލޭންޑްގެ ކޯސްޓްގާޑް ސިފައިންނަށް ވެސް އެކަންވީ ފަހުން ޖޯކަކަށެވެ.
އާއްމު ގޮތެއްގައި އުޅަނޑުތައް ހުންނަ ގޮތާއި ތަފާތު ގޮތަކަށް ޑްރެގަންއެއްގެ ތިން ބޯ ލާފައި ހުންނަ މި ޔޮޓް ފުރާތައެއްގެ ގޮތުގައި ފެނުނީ މޫސުން ގޯސްވެ ވަރަށް ބޮޑަށް އެސަރަހައްދު ފޮގް ވެފައި އޮތުމުން ކަމަށް ފިންލޭންޑްގެ ކޯސްޓްގާޑުން ބުނެއެވެ.
Kun partio ilmoittaa sumuiselta mereltä saapuvan tunnistettavan kohteen kolmipäiseksi merihirviöksi, vaatii kenttäjohtaja todisteita. Oikeassa olivat kentän ammattilaiset! #merivartiosto #merihirviö #uskotaiälä pic.twitter.com/YpxheBmqua
— Merivartiosto - SLMV (@Merivartiosto) June 9, 2019
ފިންލޭންޑްގެ ކޯސްޓްގާޑު ސިފައިން ވަނީ މިޔޮޓަށް އަރައި ޔޮޓްގައި ލިޔެކިޔުންތައް ހަމައަށް ހުރިތޯ ޔަގީން ކޮށްފައެވެ. ފިންލޭންޑްގެ ކޯސްޓްގާޑުން ބުނީ ޤާނޫނާއި އެއްގޮތައް ޔޮޓްގެ ހުރިހާ ކަމެއް ވެސް ހުރި ކަމަށެވެ.
ރަޝިއާގެ ވިޔަފާރިވެރިންނަކީ ތަފާތު ޑިޒައިންތަކަށް ޔޮޓްތައް ތައްޔާރު ކުރުމަށް ހާއްސަ ޝައުގުވެރިކަމެއް ހުންނަ ބައެކެވެ. މީގެ ކުރިން ވެސް ރަޝިއާގެ ޔޮޓްތަކުގެ ޑިޒައިންތައް ތަފާތު ވެގެން މީޑިއާތަކުގައި އެވާހަކަ ދައްކާފައި ވެއެވެ.
ނަސީބެއްނު ޔޮޓް އައިސް ފިންލޭންޑް ސިފައިންތައް ނުކާލިކަން
ރަގަނޅު ވާހަކައާ ތިބުނީ
މަޖާ ކަމެއް ????
ޜަންނަމާރިގޮތައްދޯ؟؟
މީގެ 800 އަހަރު ކުރިން ދިވެހިންނަށް ވެސް ހީވެފައޮތީ މިހެން ދިވެހިންގެ މޮޔަކަމާއެވެ??
ޓެކއނިލޮގީގެ ރޮގުން އެންމެ އުހުގަ ތިބެގެން މި ކުރެވެނީ ދެއްވަދޫ މީހުން ކުރާ ކަހަލަ ކަންކަން.