ބޮލީވުޑްގެ ދުވަސްވީ ތަރި އަމީތާބް ބަޗަންގެ ޓްވިޓާ އެކައުންޓް ހެކް ކުރިތާ އަދި ވަނީ އެއް ދުވަހެވެ. އޭނާގެ އެކައުންޓް ހެކް ކުރި ނަމަވެސް، މާގިނަ އިރުތަކެއް ނުވެ އެ އެކައުންޓް ވަނީ އޭނާއަށް ލިބޭގޮތްވެފައެވެ. މި ވާހަކަ ފެންމަތިވެފައިވަނިކޮށް ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދްނާން ސާމީގެ ޓްވިޓާ ކައުންޓް ހެކްކޮށްފައިވާކަމަށް އިންޑިއާގެ ނޫސް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

އަދްނާން ސާމީގެ ޓްވިޓާ އެކައުންޓް ހެކްކޮށް އޭނާގެ ޓްވިޓާ ޕްރޮފައިލް ފޮޓޯ ވަނީ ޕާކިސްތާނުގެ ޕްރައިމް މިނިސްޓަރ އިމްރާން ޚާންގެ ފޮޓޯއަށް ބަދަލުކޮށްފައެެވެ.

އަދްނާން ސާމީގެ އެކައުންޓް ހެކްކޮށްފައި ވަނީ ޕްރޮ ޕާކިސްތާން ޓާކިޝް ހެކަރުންގެ ގުރޫޕަކުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަދި އެ އެކައުންޓް ހެކްކުރި މީހުން އަދްނާންގެ އެކައުންޓްގެ ބަޔޯވެސް ބަދަލުކުރިއެވެ. އަދި ޓްވީޓްވެސްކޮށްފައި ވެއެވެ. ނަމަވެސް މިހާރު އެ ޓްވީޓްތައް ރިމޫވްކޮށް ބަޔޯވެސް ވަނީ ބަދަލުކޮށްފައެެވެ. ނަމަވެސް އޭނާގެ އެކައުންޓްގެ ޕްރޮފައިލް ޕިކްޓަރ ބަދަލުކޮށްފައެއް ނުވެއެވެ.

މަޝްހޫރު ތަރިންގެ މީސް މީޑިއާ އެކަައުންޓްތައް ހެކްކޮށް އެ ތަރިންގެ އަގުވައްޓަލުމަށް މަސައްކަތް ކުރެއެވެ.

އަދްނާން ސާމީއަކީ ޕާކިސްތާނަށް ނިސްބަތްވާ ލަވަކިޔުންތެރިއެއް ނަމަވެސް އޭނާ ވަނީ އިންޑިއާ ރައްޔިތަކަށް ބަދަލުކޮށްދީފައެވެ.

 

ކިޔުންތެރިންގެ ހިޔާލު