ބޮލީވުޑްގެ މެގާ ހިޓް ތަރި އަމީތާބް ބަޗަން އިންޑިއާގެ ބިހާރްއަށް ނިސްބަތްވާ 2000 އަށްވުރެ ގިނަ ދަނޑުވެރިންގެ ލޯންތައް ދައްކައިދީފިއެވެ.

އަމީތާބް ބުނީ، އޭނާ ވައުދުވިވި ގޮތަށް 2100 ދަނޑުވެރިން ނަގާފައިވާ ލޯންތަކުގެ ތެރެއިން ނުދެއްކި ހުރި ބައިތައް ދައްކައިދީފައިވާކަމަށެވެ. އޭނާ އެ ލޯންތައް ދައްކައިދީފައި ވަނީ އެކީ އެއްފަހަރާ ބޭންކްއަށް ދައްކައިގެން ކަމަށް ވެއެވެ.

މީގެ ކުރިންވެސް ދަނޑުވެރިންގެ ލޯންތައް ދައްކައިދީފައިވާ އަމީތާބް ވެފައިވާ ވައުދާ އެއްގޮތަށް ބިހާރްއަށް ނިސްބަތްވާ މީހުންގެ ލޯންތައް ދައްކައިދީފައިވާއިރު، އޭނާ ވަނީ އިތުރު ވައުދެއް ފުއްދަން އެއްބަސްވެފައެވެ.

އޭނާ ބުނީ، ޕުލްވާމާގައި އަނބިދަރިން ދޫކޮށް ގައުމަށްޓަކައި ޝަހީދުވި ފަރާތްތަކަށް ބޭސް ފަރުވާގެ ގޮތުން އެހީތެރިވުމަށް ނިންމާފައިވާކަމަށެވެ.

ދާދި ފަހުން އަމީތާބްގެ ޓްވިޓާ އައިޑީ ވަނީ ހެކްކޮށްފައެވެ. އަދި އޭނާގެ ޓްވިޓާގެ ޕްރޮަފައިލް ފޮޓޯވެސް ބަދަލުކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު