ގުރުރި ދެމުމަކީ އެކަމުގެ ސަބަބުން ތިމާގެ ބައިވެރިޔާއަށް ނުވަތަ ތިމާއާއި އެކީ ނިދާ ރޫމްމޭޓަށް ގިނަ ގުނަ އުދަގޫތަކެއް ކުރިމަތިވާ ކަމެކެވެ. މިކަމަކީ ޠަބީޢީ ކަމަކަށް ވިޔަސް، ގުދުރި ދެމުން މަދުކުރުމަށް ކުރެވޭނެ ބައެއް ކަންތައްތައް ހުންނާނެއެވެ. މިގޮތުން ތިރީގައި މިބަޔާން ކުރަނީ ގުގުރި ދެމުން ހުއްޓުވުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.

އަނގަ ލައްޕައިގެން ނިދުން

އިންސާނާގެ އުފެދުގައި ނޭވާލުމަށް ޚާއްސަ ކުރެވިފައިވާ ނިޒާމަކީ އަނގައެވެ. އެހެންނަމަވެސް ނިދާވަގުތުތަކުގައި އަނގަ ހުޅުވާފައި ހުރުމުން ގުގުރި ދެމުމަށް މަގުފަހިވެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި 45% މީހުން ގުގުރި ދަމަނީ އަނގަ ހުޅުވައިގެން ނިދާތީއެވެ. އަދި ގުގުރި ދެމުން ހުއްޓުވުމަށްޓަކައި އަނގަ ބަންދު ކުރުމަށް ކޮންމެވެސް ކަހަލަ ވާގަޑެއް މޫނުގެ ވަށައިގެން އެއްސިދާނެއެވެ.

ބަރުދަން ލުއި ކުރުން

ގުގުރި ދެމުމަށް މަގުފަހިވާ ކަންތައްތަކުގެ ތެރޭގައި މާބޮޑަށް ފަލަވުންވެސް ހިމެނެއެވެ. ފަލަ ވާނަމަ އަރުތެރޭގައި އިތުރު ޓިޝޫތައް އުފެދި އެ ޓިޝޫތަކަކީ އިތުރު އަޑުތަކަށް، ނުވަތަ ގުގުރީގެ ބާރު ގަދަވުމަށް އެޅޭ ބާރަކަށް ވެގެންދެ އެވެ. މިހެންކަމުން ގުގުރި ދެމުމުން ސަލާމަތް ވާން ބޭނުންނަމަ، ބަރުދަން ލުއި ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.\

ނިދާއިރު ބޯ ލާ ކޮޅަށް އުސްކޮށްލުން

ނިދާއިރު ބޯލާކޮޅު ބާލީހެއް ކަހަލަ އެއްޗަކުން އުސްކޮށްލުމަކީ ގުގުރި ދެމުން ހުއްޓުމަކަށް ގެންނަން ކުރެވިދާނެ ކަމެކެވެ. ސަބަބަކީ ބައެއް ފަހަރު ނިދާއިރު ދޫ އަރުމަތީގައި އެޅި ނޭވާލުން ބްލޮކްވެ ގުގުރިއަށް މަގުފަހި ވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު