އެމެންޑާ ޑޮބިންސް ނަމަކަށް ކިޔާ އިނގިރޭސިވިލާތުގެ އަންހެނަކަށް ލިބުނު ދަރިފުޅު ސޯފިއާގެ މޫނު މަތިން ފުރަތަމަ ދުވަހު ވެސް ތަފާތު ކަމެއް ފެނުނެވެ. ނިއްކުރިމަތީގައި ކަޅުކޮށް ހުރި ލަފައެއް އޭނާ އުފަންވިއިރު ވެސް ހުއްޓެވެ.

ނަމަވެސް ޑޮކްޓަރުން ބުނި ގޮތުގައި އެއީ މާބޮޑު މައްސަލައެއް ނޫނެވެ. އެއީ ހަމައެކަނި ލަފައެކެވެ. އެއްވެސް ނުރައްކަލެއް ނެތް ކަމަށް ޑޮކްޓަރުން އޭރު ބުންޏެވެ.

ނަމަވެސް އެމެންޑާގެ ކަންބޮޑުވުން ދިޔައީ ދުވަހަކަށް ވުރެ ދުވަހަކު ބޮޑުވަމުންނެވެ. އެއީ ސޯފިއާގެ މޫނުގައި އިން ލަފަ އިތުރަށް ބޮޑު ކުލަ ވެސް ބަދަލުވާން ފެށުމުންނެވެ. އުމުރުން ދެތިން މަސް ވީއިރު ސޯފިއާގެ މޫނު ހުންނަނީ ލޭތަކެއް ހޭކިފައި ހުންނަހެންނެވެ.

އެހެންކަމުން އަނެއްކާވެސް ސޯފިއާ ޑޮކްޓަރަށް ދެއްކިއެވެ. ނަމަވެސް ލިބުނީ އެއް ޖަވާބެކެވެ.

އެހެންކަމުން އެމެންޑާ ނިންމީ ފޭސްބުކްގައި އޭނާ އިންނަ މައިންގެ ގްރޫޕެއްގައި އެވާހަކަ ހިއްސާ ކުރާށެވެ. ދަރިފުޅުގެ ފޮޓޯ އަކާއި އެކު ދަރިފުޅު ހާލަތު އެގްރޫޕްގައި ލިޔުމުން ނިކަން އަވަހަށް އެހީތެރިކަމެއް ލިބުނެވެ.

ހަދަންވީ ޓެސްޓާއި، ލަފާ ކުރެވޭ ބައްޔަކީ ކޮބައިކަން އެގްރޫޕްގައި އިން މީހެއްގެ ފަރާތުން އެމެންޑާ އަށް އެނގުނެވެ.

އެހެންކަމުން ލަސްނުކޮށް އަނެއްކާވެސް ޑޮކްޓަރަށް ދައްކާ ޓެސްޓްތައް ހެދިއެވެ. ލިބުނީ ވަރަށް ހިތާމަވެރި ޚަބަރެކެވެ. ސޯފިއާގެ މޫނުގައި އުފެދިފައި ވަނީ ޓިއުމަރެކެވެ. ދުވަސްކޮޅެއް ލަސްވި ނަމަވެސް ދަރިފުޅުގެ ފެނުން ވަނީ ގެއްލޭ ހިސާބުގައެވެ.

އަވަހަށް ފަރުވާ ފަށާ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި މިހާރު ސޯފިއާގެ ހާލަތު ވަނީ ރަނގަޅު ވެފައެވެ.

އެމެންޑާ ބުނީ ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރެވުނީ ވަރަށް އަވަހަށް ފަރުވާ ހޯދުމުގެ ފުރުސަތު ލިބުމުން ކަމަށާއި އެހެންކަމުން އެކަމާއި ވަރަށް އުފާވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މީ

    އަލްހަމްދު ލިﷲ

    31
    1
  2. ހަސންބެ

    އެމެންޑާގެ ތި ޓެސްޓާ ބެހޭ މައުލޫމާތު ލިބުނުނަމ ...މި ގައުމުގަވެސް ތިކަހަލ ކިތަންމެ ކުދިންނެއް އެބަތިބި...ރާއްޖޭގަ ތިބޭ ޑަކުޓާރުން އަދި އިންގިރޭސި ވިލާތަށް ވުރެ އެތައް ގުނައެއް މޮޅުވާނެ!!! ދެފުޅި ޕެނޭޑޯލާ ސިތރިޒިން ފުޅިއަކުން ހުރިހާ ކުޑަކުދިން ގެ ބައްޔެއް ހައްލު ކޮއްލާނެ!!1

    40
    2
  3. ހިސިގިކި

    އަލްހަމްދުލިﷲ.