ކަސްރަތު ކުރުމަކީ ހަށިގަނޑު ރަނގަޅު ބައްޓަމެއްގައި ބެހެއްޓުމަށާއި ބައެއް ބަލިތަކުން ދިފާއުވުމަށް ކުރާކަމެއްގެ ގޮތުގައި އަބަދުވެސް ސިފަވެފައި އޮވެއެވެ. އެހެންނަމަވެސް ކަސްރަތު ކުރުމުގެ ސަބަބުން އިތުރު ފައިދާތަކެއްވެސް ހަށިގަނޑަށް ލިބެއެވެ. މީގެތެރޭގައި ވިސްނުން ރަގަނޅު ކުރުންވެސް ހިމެނެއެވެ.

ކަސްރަތު ކުރުމުގެ ސަބަބުން ސީދާގޮތުންނާާއި ނުސީދާގޮތުން ވިސްނުން ރަގަނޅު ކުރުމަށް އެހީތެވިވެދެއެވެ. މިގޮތުން ކަސްރަތު ކުުރުމުގެ ސަބަބުން އިސްސުލިން ރެސިސްޓެންސްއާއި އިންފްލެމޭޝަން ދައްކޮށްދެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ގްރޯތް ފެކްޓަރ ހަށިގަނޑުގެ ތެރެއަށް ފޮނުވާލައެވެ. ގްރޯފް ފެކްޓަރގެ ސަބަބުން ސިކުޑީގައި އާސެލްތައް އުފެދުމަށާއި ހަލާކުވެފައިވާ ސެލްތަށް ސިކުޑިން ބޭރުކޮށް، ސިކުޑިއަށް ލޭދައުރު ކުރާ ލޭހޮޅި މަރާމާތު ކުރުމަށް އެހީތެރިވެދެއެެވެ.

މީގެ އިތުރުން ކަސްރަތު ކުރުމުގެ ސަބަބުން ތިމާގެ ނިދުމުގެ އާދައާއި މިޒާޖަށްވެސް ބަދަލުތަކެއް އާދެއެވެ. ކަސްރަތު ބަރާބަރަށް ކުރުމުގެ ސަބަބުން ނިދުމުގެ އާދަ އެއްގޮތެއްގައި ހިފެހެއްޓުމުގެ ނަތީޖާއެއްގެ ގޮތުން ވިސްނުމުގެ ބާރު ރަނގަޅުކޮށްދެއެވެ.

މިކަމަށް ބާރުދޭ ދިރާސާތަކެއްވެސް ކުރެވިފައި އެބަހުއްޓެވެ. މިގޮތުން ހާވާރޑްގައި ނިއުރޯބައޮލޯޖިސްޓެއްކަމަށްވާ ސްކޮޓް ތިން އަހަރުި ދުވަހު އެކި އުމުރު ފުރައިގެ މީހުން ބޭނުންކޮށްގެން ހެދި ދިރާސާއެއްގައި ވާގޮތުން ޤަވާއިދުން ކަސްރަތު ކުރާ މީހުންގެ ވިސްނުމުގެ ބައި އިންނަ ސިކުޑީގެ ޕޯޝަން ބޮޑުވެފައި ހަރަކާތްތެރިވުން އަވަހެވެ.

ކިޔުންތެރިންގެ ހިޔާލު