އިންޑިއާގެ ބެންގަލޫރުގައި އަންހެނަކު ހޮޓަލް ވިޔަފާރިއެއް ފެށުމަށް ނެގި ލޯނު ނުދެއްކުމުން ހޮޅިދަނޑިއައެއްގައި ބަދެ ފައިވާނުން އެ އަންހެން މީހާގެ ގައިގާ ތަޅާ އަނިޔާ ކޮށްފިއެވެ.

މީސް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މި އަންހެން މީހާގެ ދެ އަތް ވަނީ ހޮޅިނދަޑީގެ ފަހަތަށް ވާގޮތަށް އައްސާފައެވެ. އަދި އޭނާ ވަށައިގެން ގުރޫޕެއް އެތުރިގެން ތިބޭތަން ފެނެއެވެ.

ރާޖަންމާ ނަމަކަށް ކިޔާ މި އަންހެން މީހާ ނަގާފައިވަނީ 50000 ރުޕީސްގެ ލޯނެކެވެ. ނަމަވެސް މާލީ ހާލަތު ތަން ނުދިނުމުގެ ސަބަބުން އޭނާ އަށް ލޯން ނުދެއްކުނީއެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނާގޮތުގައި އެ އަންހެން މީހާ ބަދެ އަނިޔާ ކުރި ގުރޫޕުން ވަނީ ލޯނު އަބުރާ ދެކުމަށް އެ އަންހެން މީހާ އަށް ބިރު ދައްކައި އިންޒާރު ދީފައެވެ.

އަންހެނަކަށް އަނިޔާ ކުރި މައްސަލާގައި ބެންގަލޫރުގެ ފުލުހުން ވަނީ 7 މީހުން ހައްޔަރު ކޮށްފައެވެ.

އިންޑިއާ ފާހަގަ ވެފައިވަނީ އެގައުމުގައި ދިރިއުޅޭ އަންހެނުންގެ އިތުރުން މުސްލިމުނަށް ވެސް ރައްކާތެރި ނޫން ގައުމެއްގެ ގޮތުގައިއެވެ. އެގޮތުން ދާދިފަހުން އިންޑިއާގައި މަސައްކަތް ކުރަމުންދިޔަ ހަތަރު މުސްލިމަކު، ގެރިމަސް ކޭކަމަށްބުނެ، އާންމުންގެ ބަޔަކު ތަޅާ އަނިޔާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވަނީ އާންމުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިވެހިން

    އޭ މޯދީ. ނިކަން ތިޔަ ރާއްޖޭގައި އިންސާނުންނަށް ކުރާ އަނިޔާއާއި މެރުން ހުއްޓުވަން ސިފައިންނާޢި ގެންދަންވީނު.

    12
  2. މީވެސް

    ރޭޕިސްތާން