މަޝްހޫރު އެޕްލިކޭޝަންއިން ޓިކްޓޮކް އިން ސްމާޓް ފޯން ނެރެން ނިންމައިފިއެވެ.

ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުުގައި ޓިކްޓޮކް އިން ސްމާޓް ފޯނެއް ނެރުމަށް ނިންމާފައިވަނީ ޗައިނާގެ ކުންފުންޏަކާއި ގުޅިގެންނެވެ.

ފައިނޭންސް ޓައިމްސްއިން އިތުރަށް ރިޕޯޓްކޮށްފައިވާ ގޮތުގައި މިފޯން ވެގެންދާނީ އެހެން ފޯންތަކާއި ޚިލާފު ކަމެކެވެ. އަދި މިފޯން ނެރޭނެ ދުވަހެއް ނޭނގޭ ކަމަށާއި މިމަސައްކަތް ވަރަށް ބާރަށް ކުރިޔަށް ދާ ކަމަށެވެ.

ވީޑިއޯ އެޕް ޓިކްޓޮކްކަކީ ޗައިނާގެ ބައިޓްޑާންސްގެ އުފެއްދުމެކެވެ. އެއީ 2012 ގައި ވުޖޫދަށް އައި ކުންފުންޏެވެ. ޓިކްޓޮކް އިން ދާދިފަހުންވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި މަޤްބޫލު ކަމެއް ހޯދި މިއުޒިކަލީއިންވަނީ ގަނެފައެވެ.