ދަރިންނަކީ މާތް ﷲ އިންސާނުނަށް ދެއްވާ ވަރަށްވެސް މަތިވެރި ނިއުމަތެވެ. ބައެއް މީހުންނަކީ އެ ނިއުމަތް ދެއްވާތޯ ރެއާއި ދުވާލު މާތް ﷲ ހެ ހަސްރަތަށް ދުއާކުރާ މީހުންނެވެ، ދަރިމައިނުވުމަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވެފައިވާ މައްސަލައެވެ. ދަރިމައިނުވުން ބައެއް ފަހަރު ގުޅިފައި އޮންނަނީ އެމީހެއްގެ ސިއްހަތާއެވެ. އެހެންކަމުން ދުޅަހެޔޮ ސިއްހަތެއްގައި ނެތް މީހުންނަށް ދަރިމައިވުމުގައި މައްސަލަތަށް ކުރިމަތިވާލެއް ގިނައެވެ. ދަރިމައިވުމުގައި މައްސަލަތަށް ކުރިމަތިވާނަމަ ބައެއް ކަހަލަ އަލާމާތްތަށް ފެންނާނެއެވެ. އެގޮތުން ފެންނާނެ ބައެއް އަލާމާތްތަށް ތިރީގައި އެވަނީއެވެ.

މައްސަރު ދުވަސްވަރުގައި މާ ގަދަޔަށް ލޭ އައުން : މައްސަރު ދުވަސްވަރު މާގިނައިން ލޭއައުމަކީވެސް ދަރިމައިވުމުގައި މައްސަލަ ކުރިމަތިވެފައިވާ ކަމުގެ އަލާމާތެވެ.

· މައްސަރު ދުވަސްވަރު ޤަވާއިދުން ކުރިމަތި ނުވުން. މިސާލަކަށް އެއް މަހު ވެފަ އަނެއް ދެމަހު ނުވުން.

· މައްސަރު ދުވަސްވަރު އައުން އެއްކޮށް ހުއްޓުން

· މައްސަރު ދުވަސްވަރުގައި ވަރަށް ގަދަޔަށް ވޭން އަޅާ ތަދުވުން

· މޫނުގައި ކުއްލިއަކަށް މާ ގިނައިން ބިހި ނަގަން ފެށުން

· ގައިގެ އެކި ތަންތާ އިސްތަށި ފަޅަން ފެށުން

· އިސްތަށި ފައިބާ އިސްތަށިގަނޑު ތުނިވުން: ސަބަބެއްނެތި ބޮލުން އިސްތަށި ފޭބުން. ހާއްސަކޮށް ބޮލުގެ އަރިމަތިން

އެހެންކަމުން ދަރިއަކު ހޯދަން މަސައްކަތް ކުރާއިރު މިފަދަ ކަންކަން ފާހަގަ ކުރެވޭނަމަ ސިއްހީ މާހިރަކާއި މަޝްވަރާ ކުރުމަކީ އަވަހަށް މައްސަލަ ހައްލު ކުރުމަށް ލިބޭނެ ބާރެކެވެ. ދަރިން ހޯދުމުގައި އުނދަގޫތަކެއް ދިމާވި ނަމަވެސް ބައެއް މީހުން އެކަމާއި ގުޅޭ ގޮތުން ޑޮކްޓަރަށް ދައްކަން ފަސްޖެހެއެވެ. ހަނދާން ކުރަން ޖެހޭ ކަމަކީ ވަރަށް އާދައިގެ ސިއްހީ މައްސަލައެއްގެ ސަބަބުން ވެސް ދަރިން ލިބުމަށް ހުރަސް އެޅިދާނެއެވެ. އެހެންކަމުން ލަސްނުކޮށް ފަރުވާ ދެވުމަކީ ތިދެކޭ ހުވަފެން ހަޤީޤަތަކަށް ވުން އަވަސް ވާނެ ކަމެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާނާ

    ތި ހުރިހާ ކަމެއް ދިމާވިޔަސް މާތް ﷲ ގެ ވާގިފުޅާއެކު އެއްވެސް ފަރުވާއެއް ނުކުރިޔަސް ބަނޑުބޮޑުވޭ. ބޭނުންވަނީ ދުޢާ

    14