ސްޓަންޓެއް ހަދަން ދަގަނޑު ފޮއްޓެއްގައި ގަންގާ ކޯރަށް ފޭބި އިންޑިއާ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

މީގެ ކުރިން ވެސް ތަފާތު އެކި ސްޓަންޓްތަށް ހެދި ޗަންޗަން ލާހިރީ ނަމަކަށް ކިޔާ މި މީހާ ދަގަނޑު ފޮއްޓެއްގައި ގަންގާ ކޯރަށް ފޭބީ ދެއަތާއި ފައިގައިވެސް ޗޭނު ބަނދެގެންނެވެ.

ޖާދޫގަރުގެ ނަމުން މަޝްހޫރު މި މީހާ ގަންގާ ކޯރަށް ފޮށިގަނޑާއި އެކު ފޭބީ ކެރޭނެއްގެ އެހީގައެވެ. މި މަންޒަރު ބަލަން ފުލުހުންގެ އިތުރުން ގިނަ އަދަދެއްގެ އާންމުވެސް ސަރަހައްދަށް އެއްވިއެވެ.

ގަންގާ ކޯރަށް ފޭބުމުގެ ކުރިން އޭނާ ބުނި އެންމެ ފަހު ބަހަކީ އޭނާ ސަލާމަތުން މި ފޮށިން ނިކުމެއްޖެ ނަމަ ވަނީ ޖާދޫ އަކަށް ކަމަށާއި އަދި އޭނާ އެ ފޮށިގަޑުން ބޭރަށް ނުނިކުމެއްޖެ ނަމަ ވާނީ ކާރިސާ އަކަށް ކަމަށެވެ.

އުމުރުން 40 އަހަރުގެ ޗަންޗަން ގަންގާ ކޯރަށް ފޭބިތާ އެތަށް އިރެއް ފަހުން ވެސް މައްޗަށް ނޭރުމުން ގެއްލުނީ ކަމަށް ބަލާ އިންޑިއާ ފުލުހުން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.

ޗަންޗަން ވަނީ މީގެ 21 އަހަރު ކުރިން ގަންގާ ކޯރުގައި މި ޒާތުގެ ސްޓަންޓެއް ހަދާފައެވެ. އޭރު އޭނާ ވަނީ 41 ސިކުންތު ތެރޭ މައްޗަށް އަރާފައެވެ.

ގަންގާ ކޯރަށް ފޭބި އިރު ޗަންޗަން އޮތް ދަގަނޑު ފޮށީގަައި 36 ދަޅުވަނީ ލާފައެވެ. ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން އޭނާގެ އާއިލާއިން ބުނީ އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޒަލަފް

    ގަންގާ ކޯރަށް ފޭބުމުގެ ކުރިން އޭނާ ބުނި އެންމެ ފަހު ބަހަކީ އޭނާ ސަލާމަތުން މި ފޮށިން ނިކުމެއްޖެ ނަމަ ވަނީ ޖާދޫ އަކަށް ކަމަށާއި އަދި އޭނާ އެ ފޮށިގަޑުން ބޭރަށް ނުނިކުމެއްޖެ ނަމަ ވާނީ ކާރިސާ އަކަށް ކަމަށެވެ. އިންޑިއާގަ ގެރީގެ ގޮރު ބޮއެގެން ކުރާނީ ހުސް މޮޔަކަންތަށް،

    54
    2
  2. ނިހާން

    ފޮށި ފެނުނު ބާ؟ ފޮށިފެނި ފޮއްޓަށް އެއްވެސް ގެއްލުމެއް ނުލިވަންޏާ އެއީ އާދަޔާ ޚިލާފް މޮޅު ސްޓަންޓެއްކަން ޔަޤީން.

    47
    3
  3. ރައްޔިތުން

    އަޗަ.. ތިސޮރަށް އަޅުކަން ކުރަންފަށާނެ މާދަމާ..

    10
    1
  4. ސާބަސް

    އޮންނާނީ ސްޓަންޓް ޖެއްސިފަ

    10
  5. ފުޅި މަދު ފާހާނާ

    މަށައް މޮޔައީ ތި އިންޑިޔާގެ ޕޮލިހުން...ދެން ކީއްކުރަން ހޯދަނީ... ތި ސޮރަކަށް އޮންނާނީ ސްޓަންޓް ޖެއްސިފަ.... ޕުއަރ ޗަންޗަން....