ޓީވީ އެކްޓަރެއްކަމަށްވާ ކަރަން މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އޭނާ މަރުވެފައި އޮއްވާ ފެނިފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގެ ވަގުތެއްގައެވެ. އޭނާ މަރުވެފައި އޮއްވާ ފެނިފައި ވަނީ އޭނާ ދިރިއުޅޭ ގޭގެ ތެރެއިންނެވެ.

ޕަރަންޖޭޕްދިލް މިލް ގަޔޭ އިން ފެނިގެން ދިޔަ އެކްޓަރ ޕަރަންޖޭޕް މަރުވެފައިވާކަން އާއިލާއިން ކަށަވަރުކޮށްދީފައިވާއިރު، އޭނާ މަރުވެފައި ވަނީ ކީއްވެކަމެއް ނޭނގެއެވެ. އޭނާ މަރުވެފައި އޮއްވާ ފެނިފައި ވަނީ މަންމައަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ބެލެވޭގޮތުގައި ޕަރަންޖޭޕް މަރުވެފައި ވަނީ އޭނާ ނިދާފައި އޮއްވާ ހާޓްއެޓޭކެއް ޖެހިގެންނެވެ.

އުމުރުން 26 އަހަރުގައި މި ތަރި މަރުވިއިރު، އޭނާ ވަނީ މެޑިކަލް ޑްރާމާ ސަންޖީވާނީ އިން ވެސް މަޝްހޫރުކަން ހޯދާފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު