އާއްމުކޮށް މަޝްހޫރުކަމެއް ލިބިފައި ތިބި ގިނަ މީހުންނަކީ އެ މީހުން އެއަށްވުރެ ބޮޑަށް މަޝްހޫރުވުމަށް ޕްލާސްޓިކް ސާޖަރީ ހަދާ ބައެކެވެ. އެ މީހުންނަށް އެ މީހުންގެ ސިފަ ހުތުރުވާކަމެއް ފެނިއްޖެނަމަ ވަގުތުން ޕްލާސްޓިކް ސާޖަރީ ހަދައި އެ ތަނެއް ރީތި ކުރެއެވެ.

މިފަދަ ސާޖަރީތައް ހެދި މީހުންގެ ތެރެއިން އެކަން ފަޅާއަރާފާނެކަމަށް އެކަމާ ވާހަކަނުދައްކާ މީހުން ގިނައެެވެ. އަދި އެފަދަ ވާހަކައެއް އެހެން މީހަކަށް ފެށިއްޖަނަމަވެސް އަންނަނީ ރުޅިއެވެ.

އޭގެ ތެރޭގައި ހިމެނޭ އެކަކީ މިދިޔަ ފެބެރުއަރީ މަހުގެ 24 ވަނަ ދުވަހު މަރުވި އިންޑިއާގެ ތަރި ސްރީ ދޭވީއެެވެ. ސްރީ ދޭވީ ޕްލާސްޓިކް ސާރޖަރީ ހެދިކަމަށް ވަރަށް ގިނަ ބަޔަކު ބުނި ނަމަވެސް އެކަމާއި އޭނާ ދެކޮޅު ހެދިއެވެ. އޭނާގެ މަރާއެކުވެސް، ގިނަ ބަޔަކު ބުނާގޮތުގައި، އޭނާ މަރުވީ ޕްލާސްޓިކް ސާޖަރިއަކަށްފަހު އެވެ. އެހެން ނަމަވެސް އެކަން ވަނީ ދޮގުކޮށްފައެވެ.

ސްރީ ދޭވީ ފިލްމީ ދާއިރާއަށް އެނބުރި އައީ ވަރަށް ބޮޑު ބަދަލަކާއެކުގައެެވެ. އޭނާ ކުރިއަށްވުރެ ބޮޑަށް ރީތިވިއެވެ. އެއްބަަޔަކު އޭނާ ކޮސްމެޓިކްސް ސަޖަރީއެއް ހެދިކަމަށް ތުހުމަތު ކުރިއެވެ. އެހެން ނަމަވެސް އެ ހުރިހާކަމަކާއި އޭނާ ހެދީ ދެކޮޅެވެ.

"އަހަރެން ޕްލާސްޓިކް ސާޖަރީއެއް ނަހަދަން. އަހަރެން އެންމެ ކައިރީ ބުނަން ބޭނުން ބެހެވޭ ކަހަލަ ކަންތައްތަކާއި ބެހެން. އަދި އަމިއްލަ އަނގަ ބަންދުކޮށްގެން ހުންނަން". ސްރީ ދޭވީ 2012 ވަނަ އަަހަރު ދިން އިންޓަވިއުއެއްގައި ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ވަރަސް ފޫހިމީހެއް މިއީ! އެކްސަންތަކުގަޔަ ލަވާގައި އަގަޔަށް ޖައްސާ ވައްތަރުތަކެއް ވަރަށް ފޫހި!