ބޮލީވުޑް އަދި ހޮލީވުޑްގައިވެސް ފިޔަޖަހަމުން އަންނަ ތަރި ޕްރިޔަންކާ ޗޯޕްރާ އަކީ ތަފާތު ގޮތްގޮތަށް ހެދުން އަޅަމުން އަންނަ ތަރިއެކެވެ. އޭނާގެ ހެދުންތައް ކޮޕީ ކުރުމުގައި އެތައް ބަޔަކު އުޅެމުން ދެއެވެ. އެހެން ނަމަވެސް އޭނާ އަޅާ ހެދުންތައް ކަމުނުގޮސްގެން އެކަމާއިވެސް ފާޑުކިޔުންތައް އަމާޒުވާ ފަހަރުވެސް އާދެއެވެ.

އެންމެ ފަހުން މިޑީއާގެ ސަމާލުކަމަށް އައި ޕްރިޔަންކާ ލައިގެން ހުރި އެއްޗެހިވެސް ވަރަށް ތަފާތެވެ. އޭނާ ތިރިން ލައިގެން ހުރީ ބްރައުން ކުލައިގެ ސޯޓެކެެވެ. އަދި މަތިން ހުރީ އާރްއެސްއެސް ޔުނީފޯމެއް ލައިގެންނެވެ. ނިއުޔޯކްގެ މަގުމަތީގައި ފިރިމީހާއާއެކު ހިނގާއި ދަނިކޮށް ނަގާފައިވާ ފޮޓޯއެއް މީސް މީޑިއާގެ ސަމާލުކަން ހުއްޓިފައިވާއިރު، އޭނާގެ އަރައިގެން ހުރި ބޫޓަށްވެސް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.

https://twitter.com/sushmahari/status/1140915788091670529?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1140915788091670529&ref_url=https%3A%2F%2Ftimesofindia.indiatimes.com%2Fentertainment%2Fhindi%2Fbollywood%2Fnews%2Fpriyanka-chopra-becomes-the-latest-target-of-netizens-for-donning-khaki-shorts%2Farticleshow%2F69852162.cms

އަދި މިފަހަރުވެސް ޕްރިޔަންކާ ލައިގެން ހުރި އެއްޗެއްސަށް ފާޑުކިޔާ މީސް މީޑިއާގައި އެކަމާއި ވާހަކަދައްކަމުން ދެއެވެ.

ޕްރިޔަންކާ މިހާރު ކުރަމުންދާ މަސައްކަތަކީ ސޮނާލީ ބޯސްގެ ފިލްމް ދަ ސްކައި އިޒް ޕިންކްގެ މަސައްކަތެވެ. އެ ފިލްމްގައި ފަރާހް އަޚްތަރްގެ އިތުރުން ޒައިރާ ވަސީމްވެސް ފެނިގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދޮންބެ

    އެއުޅެނީ ހެދުންލައިގެން އޮރިޔާމުން

    24
    2
  2. ސުނީ

    އާރް.އެސް.އެސް ހައްދު ކެޓި ޖަމާއަތުގެ ކާކީ ސޯޓު ދޯ އެއީ

    5
    1
  3. ނަބީލާ

    ސުނީ ވެސް ތިޔަ ހެދުން ލާނެ.