ބޮލީވުޑްގައި ހަލުވި ކަމާއެކު މަގުބޫލްކަން ހޯދަމުން އަންނަ ޓައިގާ ޝްރޮފް ކުޅެން ހަމަޖެހިފައިވާ "ސްޓޫޑެންޓް އޮފް ދަ ޔާ 2" އަކީ ލޯބީގެ ފިލްމެއް ކަމަށްވިޔަސް އެފިލްމުގައިވެސް އޭނާގެ އެހެން ފިލްމްތަކާއި އެއްގޮތަށް އެކްޝަން މަންޒަރުތަށް ހިމެނޭނެ ކަމަށް އޭނާ ބުނެފިއެވެ.

"ސްޓޫޑެންޓް އޮފް ދަ ޔާ 2 ގައި އަހަރެން މިކުރަނީ މުޅިން ތަފާތު މަސައްކަތެއް. މިއީ "ބާގީ 2" އާއި މާބޮޑު ތަފާތެއް ހުރި ފިލްމެއް ނޫން. މި ފިލްމްގައި އަހަރެން ގައިގައި ތަޅާ، ގަނާކޮށް (ބުލީކޮށް) ހަދާނެ." ޓައިގާ ޝްރޮފް ބުންޔެވެ.

2004 ވަނަ އަހަރު ޓައިގާ ސްރޮފް ބޮލީވުޑާއި ގުޅުނު ފަހުން އޭނާ ދަނީ ކާމިޔާބު އެތަށް ފިލްމްތަކެއް ކުޅެމުންނެވެ. އޭނާ ބޮޑަށް ފާހަގަ ކުރެވެނީ އެކްޝަން ފިލްމްތަކާއި ޑާންސް ފިލްމްތަކުންނެވެ. ނަމަވެސް މަދުމަދުން ލޯބީގެ ފިލްމްތަށްވެސް އޭނާ ވަނީ ކުޅެން ފަށާފައެވެ.

ޓައިގާ ބުނީ އޭނާ އަށް ހުރިހާ ވައްތަރެއްގެ ފިލްމެއްވެސް ކުޅެވޭނެ ކަމަށާއި ނަމަވެސް ކުޅެން އެންމެ ކަމުދަނީ އެކްޝަން ފިލްމް ތަކާއި ނަށާ ފިލްމްތަކެއެވެ.

ޓައިގާ ގެ ކާމިޔާބް ފިލްމް ތަކުގެ ތެރޭގައި "ބާގީ"، "ހީރޯ ޕާންޓީ"، "މުންނާ މައިކަލް" ފަދަ ފިލްމްތަށް ހިމެނެއެވެ.