އުމުރުން 19 އަހަރުގެ އިންޑިއާގެ ދިއްލީއަށް ނިސްބަތްވާ އަންހެނަކު އޭނާގެ ލޯބިވެރިޔާ ކައިރީ ބްރޭކްއަޕްވާން ބޭނުން ނުވާތީ، ލޯބިވެރިޔާގެ މޫނަަށާއި، އަމިއްލަ މީހާގެ ގަޔަށް އެސިޑް ޖަހައިފިއެވެ.

ފުލުހުން ބުނީ، އެ އަންހެން މީހާ މިގޮތަށް ކަންތައްކޮށްފައި ވަނީ އެ މީހުންގެ ތިން އަހަރުވީ ލޯބީގެ ގުޅުން މެދު ކަނޑާލަން ބޭނުންނުވާތީ، ސައިކަލުގައި ދަނިކޮށް ކަމަށެވެ. އަދި އޭނާ ލޯބިވެރިޔާގެ މޫނަށް އެސިޑް ޖެހުމަށްފަހު އެކަން އެހެން މީހެއްގެ ބޮލަށް ޖެހުމަށް މަސައްކަތް ކުރި ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

މި ހާދިސާގައި ދެ މީހުންނަށްވެސް ގެއްލުންތަކެއް ލިބުނު ނަމަވެސް، އުމުރުން 24 އަހަރުގެ ފިރިހެން މީހާއަށް އެކަންތައް ކުރީ، އަންހެން މީހާކަން ކުރިން ނޭގޭ ކަމަށް ފުލުހުން ބުންޏެވެ. އެހެން ނަމަވެސް އެކަން ފަޅާ އެރީ ފިރިހެން މީހާ ފުލުހަށް ދިން ބަޔާނުގެ ސަބަބުންނާއި އަންހެން މީހާގެ ވާހަކަތަކުންނެވެ.

އެކަން ކުރީ އަންހެން މީހާކަމަށް ތުހުމަތު ކުރެވިގެން ދިޔައީ، ފިރިހެން މީހާ ބަޔާނުގައި، އޭނާގެ މޫނަށް އެސިޑް ޖެހީ އަންހެން މީހާގެ އެދުމުގެ މަތިން ހެލްމެޓް ނެގުމުންކަމަށް ބުނުމުންނެވެ. އޭނާ ބުނީ، ލޯބިވެރިޔާއަށް އުނދަގޫވާތީ ހެލްމެޓް ނެގުމަށް އޭނާ އެދުނު ކަމަށާއި، ހެލްމެޓް ނެގުމާއެކު އޭނާގެ މޫނަށް އެސިޑް ޖެހި ކަމަށެވެ.

އެހެން ނަމަވެސް އަންހެން މީހާ ވަނީ އޭނާގެ އަތެއް އެކަމުގައި ނުވާނެ ކަމަށް ބުނެފައެވެ. ނަމަވެސް އެ އަންހެން މީހާ ފިހާރައަކަށް އެސިޑް ގަންނަން ދިޔަކަން ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފައެވެ. އަދި އެންމެ ފަހުން އެ އަންހެން މީހާ ވަނީ އެކަމަށް އެއްބަސްވެފައެވެ.

އެ އަންހެން ބުނީ، އޭނާ އެގޮތަށް ކަންތައް ކުރީ އެ ފިރިހެން މީހާ އެހެން އަންހެނަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އޭނާއަށް ޝައްކުވެފައި ވާތީ އެ ގުޅުން ކަނޑާލަން ބޭނުން ނުވެގެން ކަމަށެވެ.

އެންމެ ފަހުން އޭނާ ހައްޔަރުކުރިިއިރު، އެ ފިރިހެން މީހާގެ ގަަޔަށް އެސިޑް ޖަހަން އުޅުމުގެ ތެރޭގައި އޭނާޣެ ގަޔަށްވެސް އެެސިޑް ބުރައިގެން ގޮސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ބްރޭކްއަޕް ސީދާ ޔަގީން ތިވީ!

  2. ފުޅި މަދު ފާޚާނާ

    ހެޔޮ ވިސްނުން ދެއްވާނދޭވެ.................