މޯލްޑިވިއަން އައިޑޮލް އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ނައުޝާދު ލަތީފް (ޒަރޭ)، އަބްދުﷲ މުރުޝިދު (ލާރާ)ގެ އިތުރުން ބޮޑުބެރު ދާއިރާގެ ހުނަރުވެރި އަހުމަދު ވަލީދު (ފިއްޓޭ) މަންދީރާ ބޮޑުބެރު ގުރޫޕް ދޫކޮށްލައިފިއެވެ.

އެ ގުރޫޕްގައި އެތައް އަހަރެއްވަންދެން އުޅުނު މި ތިން މީހުންވެސް މަންދީރާ ގުރޫޕް ދޫކޮށްލިކަން ވަނީ މީސްމީޑިއާ މެދުވެރިކޮށް އަންގާފައެވެ. އެހެން ނަމަވެސް އެ ގުރޫޕް ދޫކޮށްލަން ޖެހުނީ ކީއްވެގެންކަން ހާމަކޮށްފައެއް ނުވެއެވެ.

ފިއްޓޭއަކީ މަންދީރާ ބޮޑުބެރު ގުރޫޕްގެ މައި އެއް ތަނބެވެ. އެ ގުރޫޕްގެ އެސިސްޓެންޓް މެނޭޖަރެއްގެ ގޮތުގައި ހަތް އަހަރު ދުވަހު އުޅުމަށްފަހު އެ ގުރޫޕް ދޫކޮށްލިކަން ފޭސްބުކް މެދުވެރިކޮށް ފިއްްޓޭ ވަނީ އަންގާފައެވެ.

ފިއްޓޭ

މޯލްޑިވިއަން އައިޑޮލްގެ އެންމެ ވަރުގަދަ އެއް އަޑުގެ ގޮތުގައި ފާހަގަކޮށްލެވޭ ޒަރޭވެސް އެ ގުރޫޕް އަދި ބޮޑުބެރާއި އަލްވަދާއު ކިޔާފައިވާކަން އޭނާ ވަނީ ބުނެފައެވެ. މީގެ ހަ އަހަރު ކުރިން އެ ގުރޫޕާއި ގުޅުނު ޒަރޭ ބުނީ، އޭނާގެ ބޮޑުބެރުގެ ކެރިއާ އެހާ ހިސާބަށް އައުމުގެ އަސްލަކީ އަބްދުއް ރައްޒާގް (ދޮންބެ) ކަމަށެވެ. ޒަރޭ ދިޔައީ އެ ގުރޫޕްގެ މާކެޓިންގ ކަންތައްތަކުގައި މަސައްކަތް ކުރަމުންނެވެ.

ޒަރޭ

މީގެ އިތުރުން އައިޑޮލް އިން ފާހަގަވެގެންދިޔަ ލާރާވެސް ވަނީ އޭނާ މަންދީރާ ގުރޫޕު ދޫކޮށްލާފައިވާކަމަށް ބުނެފައެވެ. އޭނާ ވެސް ވަނީ މަންދީރާގައި އަށް އަހަރު ދުވަސް ހޭދަކޮށްފައެވެ. ލާރާއަކީ އެ ގުރޫޕް ލީޑް ކުރުމުގައި އުޅެމުން ދިޔަ އެކަކެވެ.

ލާރާ

މި ތިން މީހުންނަކީވެސް ބޮޑުބެރާއި ލަވަ ކިޔުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ތިން މީހުންނެވެ. އަދި ގިނަބައެއްގެ ލޯތްބާއި އިހުތިރާމް ލިބިފައިވާ ތިން މީހުންކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައިއެމްނޮޓޮޑޯލް

    ވެރީ ވެރީ ގުޑް ﷲ ހެޔޮ ވިސްނުން ދެއްވާށި! ޔޫއަރ އޯލް

    55
    3
  2. ޑުބޮރުކި

    ހެއު

    9
    2
  3. އަހުމަދު

    ﷲ ތިޔަ ފަރާތްތަކަށް ހެޔޮ ޖަޒާ މިންވަރު ކުރައްވާށި......ކޮންމެ ދުވަހަކު އިވެމުން އެދަނީ ކޮންމެސް މީހަކު މަރުވެގެން ކަށުނަމާދަށް ގޮވާލެވޭ އަޑު....އަޅުގަނޑުގެ ނުވަތަ ތިޔަ ފަރާތްތަކުގެ ނަން އެލިސްޓަށް އަރާނެކަން އެއީ ހަމަ ޔަޤީންކަމެއް....

    32
    3