އެއީ މީގެ 5 މަސް ދުވަސް ކުރިން "ވަގުތު"ގައި ޝާއިޢުކުރި ލިޔުމެކެވެ. އެ ލިޔުމުގައި ބަޔާންކޮށްފައި ވަނީ، ޢުމުރުން 38 ޢަހަރުގެ ޢަލީ ޙުސައިން، ޒަވާޖީ ޙަޔާތެއް ފެށުމަށް ކުރަމުން އައި ފޮނި އުންމީދުތަކުގެ ވާހަކައެވެ.

ޢަލީ ޙުސައިނަކީ މިއަދާ ހަމައަށް އައިރުވެސް ހިނގޭ މީހެއް ނޫނެވެ. އޭނާގެ ޢުމުރުން އެންމެ 10 އަހަރުގައި ބަނޑުގައި ރިއްސާތީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދެއްކުމުން، ޑޮކްޓަރު ދިން ބޭހެއްގެ ސަބަބުން ރިހުން އިތުރަށް ގަދަވެ، ކެތް ނުކުރެވޭވަރު ވުމުން އާއިލާއިން އޭނާ މާލެ ގެންދިޔައެވެ. މާލޭގެ ސެންޓްރަލް ހޮސްޕިޓަލަށް ދެއްކުމުން ޢަލީ ޙުސައިންގެ ގޮހޮރުގެ ހަ ތަނެއް ފޫގޮސްފައިވާ ވާހަކަ ޑޮކްޓަރު ބުންޏެވެ. އާއިލާއަށް ލިބުނު ކުއްލި ޝޮކާއިއެކު އިތުރު ފަރުވާއަށް ލަންކާއަށް އޭނާ ގެންދެވުނެވެ. ވާހަކަ ދެއްކޭވަރުވީ ވެސް ދެ މަހެއްހާ ދުވަސް ފަހުންނެވެ.

ޖުމްލަ 28 އަހަރު އެ ޙާލުގައި ޢަލީ ހޭދަކޮށްފިއެވެ. ނަމަވެސް އަބަދުވެސް ކުރާ ވަރަށް ފޮނި އުންމީދެއް އޮވެއެވެ. އެއީ ޢަލީގެ އަތުގައި ހިފައިގެން ދުނިޔޭގެ ޙަޔާތް ވޭތުކުރާނެ އަނތްބަކު ﷲ ގެ އިރާދަފުޅުން ޢަލީއަށް ލިބުމެވެ. މީގެ 5 މަސްކުރިން، "ވަގުތު"ގައި ގެނެސްދިން އާޓިކަލްގައި ޢަލީ ބުނެފައިވާ ވާހަކަ ހިމަނާލައިނަމެވެ.

"އަހަރެން ވަރަށް ބޮޑަށް ދެރަވޭ އެމީހުންނަށް ނުވިސްނޭތީ. އަހަރެންނަށް ކީއްވެ މީހަކު ނުބެލެންވީ. އަހަރެންނަށް ކީއްވެ އަހަރެންނަށް ލިބޭ ދަރިން ނުބެލެންވީ. އަހަރެންގެ ހުރިހާ ޙިއްސުތަކެއް އެބަހުރި. އަހަރެންނަށްވެސް ރިޒްޤު ދެއްވަނީ ﷲ. އަހަރެން އެދެނީ އެމީހުންނަށް ރަނގަޅު ވިސްނުން ﷲ ދެއްވުން" މިއީ އެދުވަހުގެ ޢަލީގެ އިޙްސާސްތަކެވެ.

ނަމަވެސް މިއަދު އެ ޙާލަތު ބަދަލުވެއްޖެއެވެ. ޢަލީގެ ޙަޔާތަށް ބައިވެރިއަކު ލިބިއްޖެއެވެ. ޢަލީ ސިފަކުރާ ގޮތުގައި އެއީ ހިތްވަރު ގަދަ އަނތްބެކެވެ. ހިތް ހެޔޮ މިތުރެކެވެ. މުޅި ދުނިޔެއަށް ދައްކުވައިދިން ލާމަސީލު މިސާލެކެވެ. ޢަލީގެ ޙަޔާތުގެ ބައިވެރިޔާ ވަނީ އެ ދެމީހުން ބައްދަލުވިގޮތް "ވަގުތު"އާއި ޙިއްސާ ކޮށްފައެވެ.

"އަހަރެން އަބަދުވެސް ނޫސްތައް ކިޔަން. ޚާއްޞަކޮށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ބެހޭ ގޮތުން ލިޔެފަ ހުންނަ ލިޔުންތައް. އެއީ މީގެ ފަސް މަސް ކުރި. "ވަގުތު" ނޫހުން އެ ލިޔުން ފެނުމުން ހަމަ އެ ވަގުތު އަހަރެން އެ ލިޔުން ކިޔައިލިން. އޭގެ ފަހުން އަހަންނަކަށް ނޭނގެ ފާޑެއްގެ ގޮތެއްވެފަ ހުންނަނީ. ކިރިޔާވެސް ހިތް ހަމަޖެހުމެއް ލިބެނީ ދެވަނަ ފަހަރަށްވެސް އެ ލިޔުން ކިޔައިލީމަ. އަހަރެން އެ ވަގުތު ބޭނުންވި ޢަލީއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލަން. ނަމަވެސް އަހަންނަކީ ނ.އަތޮޅު މީހަކަށްވެފަ، ޢަލީއަކީ ހދއަށް ނިޞްބަތްވާ މީހެއްކަމަށްވީމަ ހިތަށް އެރި ކިހިނެއްހޭ ދިމާވާނީ. ދެން އަހަރެން އެ ލިޔުމަށް ކޮމެންޓް ފޮނުވިން. އަހަރެން އެދުނީ ޢަލީގެ ނަމްބަރު ހޯދަން. ރިޕްލައި ލިބުން ލަސްވީމަ، އަހަރެން ދަންނަ މީހެއް އުޅޭނެ ވަގުތު ނޫހުގަ. އަހަރެން އޭނައަށް އިންބޮކްސް ކޮށްފަ އެދުނީ ޢަލީގެ ނަމްބަރު ފޮނުވައިދިނުމަށް. ނަމްބަރ ލިބުނީމަ އަހަރެން ގުޅައިފަ ބުނީ، ވަގުތު ނޫހުން ލިޔުމެއް ފެނިގެންނޭ މި ގުޅީ، އަހަރެން ބޭނުމޭ ޢަލީގެ ރަޙްމަތްތެރިއަކަށްވާން. ޢަލީ އަހަންނާ ފުރަތަމަވެސް ކުރި ސުވާލަކީ، މީހަކާ އިނދެގެންތޯ އުޅެނީ. ނަމަވެސް އަހަރެން ނޫނެކޭ ބުނީމަ އެހިސާބުން އަހަރެމެން ދެމެދުގައި ރަޙްމަތްތެރިކަން އުފެދިގެން ދިޔައީ. އަދި އޭގެ ދުވަސްކޮޅެއް ފަހުން އަހަރެމެން ނިންމީ ޒަވާޖީ ޙަޔާތެއް ފަށަން. އެއީ ދިމާވި ގޮތަކީ." ޢަލީގެ އަލަތު އަނބިމީހާ އޭނާގެ ވާހަކަތައް ހިއްސާކުރިއެވެ.

ޢަލީ ޙުސައިން ގެ ކައިވެނީގެ ތެރެއިން -

ފާއިތުވި ފަސްމަސް ދުވަސް ތެރޭގައި އެ ދެމީހުން އެކަކު އަނެކަކާ ބައްދަލުވެފައެއް ނުވެއެވެ. އެ ދެމީހުން ދިމާވީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. ޢަލީގެ ޙަޔާތުގެ ބައިވެރިޔާ އޭނާ ކައިރިއަށް އެ ރަށަށް ދިޔައީ ކައިވެންޏަށެވެ.

"އަހަންނަށް އެނގޭ ޢަލީ ކަހަލަ މީހަކަށް ދިރިއުޅުމެއް ހޯދައިދެވޭނީ ވަރަށް ހިތްވަރު ގަދަ އަންހެނަކަށްކަން. އަހަރެން ވަރަށް ކުރީންސުރެ ކުރަމުން އައި އުންމީދެއް އެއީ. މިއަދު އަހަރެން މިހުރީ ވަރަށް އުފަލުން. ޢަލީ ކަހަލަ އޯގާތެރި ފިރިއަކު ލިބުނީތީ ﷲއަށް ޙަމްދު ކުރަން. އެހީތެރިކަން ބޭނުންވެފަ ހުރި މީހަކަށް އެހީތެރިކަން ދެވުނީތީ އެކަމާ އުފާކުރަން. ޢަލީއަކީ މުޖުތަމަޢަށް ހުރި ނަމޫނާއެއް. ކޮންމެ މީހަކީވެސް އިހްސާސްތަކެއްވާ މީހެއް. ޢަލީއަށް ނުހިނގުނަސް އޭނަގެ ހިތުގަވެސް ހިނގަނީ ހަމަ އެއް އިޙްސާސްތަކެއް. އަހަރެން މި ނިންމުން ނިންމީ ވަރަށް ވިސްނާފަ. މި ޙަޔާތުގެ ދަތުރުގައި މީހެއްގެ ހިތުގައި ޖެހިފައިވާ ނަމަ ވަރަށް ބޮޑަށް މަޢާފަށް އެދެން." ހިތް ހަމަޖެހުމާއި އުފަލާއެކު، ޢަލީގެ އަންހެނުން ބުންޏެވެ.

މިއަދު ޢަލީއަކީ މުޅިން އެހެން މީހެކެވެ. އުފަލުން ވާހަކަ ދެއްކޭ ވަރެއްވެސް ނޫނެވެ. ނަމަވެސް މި ލިޔުން ފުރިހަމަ ވާނީ ޢަލީގެ ބަހެއްވެސް ލިބިގެން ކަމަށް ބުނުމުން ޢަލީ ދިނީ ވަރަށް ކުރު ޖަވާބެކެވެ.

"މުޅިން އައު ދުނިޔެއެއްގަ އުޅެވޭހެން މިހާރު ހީވަނީ. މިއަދު އަހަންނަން އިޙުސާސް ކުރެވޭ އަހަންނަކީ މި ދުނިޔޭގައި ހުރި އެންމެ ނަޞީބުގަދަ މީހާކަން. އެ ދުވަސް ﷲ އަހަންނަން މިއަދު ދައްކަވައިފި. އަބަދުވެސް އަހަރެންނަށްޓަކައި އަހަރެންގެ އަންހެނުން ތި ވެދިން ޤުރުބާނީގެ އަގު ވަޒަން ކުރާނަން. އަހަރެންގެ އުންމީދަކީ ޖަންނަތުގައިވެސް ދެމީހުން އެކީ ލެއްވުން. ވަގުތު ނޫހަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ވަގުތު ނޫހަށް ކުރިއެރުމާއި ފާގަތިކަން މިންވަރު ކުރައްވާތޯ އަހަރެން އަބަދުވެސް ދުޢާ ކުރާނަން. އަދި ވެސް އެއްފަހަރު އަނބިމީހާއަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން. ތިއީ އެހެން ކަނބަލުންނަށް ހުރި ނަމޫނާއެއް. އަބަދުވެސް އަހަރެން ސާބިތުވެ ހުންނާނަން. މި ރާއްޖޭގައި ވެސް އިންސާނިއްޔަތުކަން ހުރި، އަންހެން ކަނބަލުން ތިބިކަން ސާބިތުކޮށްދިނީ އަހަރެންގެ އަނބިމީހާ." އުފަލުން ރޮމުން ޢަލީގެ އިޙްސާސްތައް އޭނާ ޙިއްސާ ކުރިއެވެ.

ޢަލީއާއި އޭނާގެ އަލަތު އަނބިމީހާގެ ކައިވެނި ކުރެވި، ޕާޓީވެސް ބާއްވައިފިއެވެ. މުޅި ރަށަށް ވަނީ ދަޢުވަތު ދީފައެވެ. މިއަދު އެންމެ ބޮޑު އުންމީދެއް ކުރެވެނީ އެ ކައިވެންޏަށް ދަރިއަކު ލިބޭނެ ދުވަހަކަށެވެ. އިރާދަކުރެއްވިޔާ މާތް ﷲ އެ ދުވަސް ވެސް މިންވަރު ކުރައްވާނެއެވެ. "ވަގުތު"އިން ވެސް އެދެނީ ޢަލީގެ ޒަވާޖީ ޙަޔާތަށް އަބަދުވެސް އުފާވެރިކަން މިންވަރު ކުރައްވާ، ދެ ދުނިޔޭގައި ވެސް އެ ދެމަފިރިން އެކީ ލެހެއްޓެވުމެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. މުނާ

    އުފަލުން ރޮވިއްޖެ ?

    160
    5
  2. އިބްރާހިމް

    މާތްﷲ ތިދެކަބަލުންނަށް ހެޔޮރަހުމަތް ލަވާށި. އާމީން

    174
    1
  3. ބުނަން

    ކިޔާތީ އަޑުއިވޭ އެހަން ކުއްޖާގެ މައިންބަފައިންގެ ނުގަބޫލުގައޭ ކައިވެނީކުރީ.

    40
    27
    • BtS V

      އަޑޭނުން އިވެނީ.. އެހެންވެ ރަނގަޅު ވާނީ އަނގަ މަޑުންލައިގެން ހުރިއްޔާ.. މީހުންގެ އަނގަ އާހެދިން ބޮޑު ކަމެއް.. ހުވާ މިކުރީ..

      90
      3
      • ބުނަން

        މައިންބަފައިންގެ ނުގަބޫލުގަ ކުރާ ކައިވެނީގަ ބަރަކާތެއް ނުހުންނާނެ.

        7
        7
        • ނުބުނާ ނަން

          ދެން ކަލޭ އާއި ބެހޭ ކަމެއް ތަ😡😡😡😡

      • ޖިން

        ވީ
        ދިވެހި ދަސްކުރީ ކޮން އިރަކު

        3
        1
  4. ނަބީހް

    ކީވެތޯ ތިވަރުގެ ނަސީބެއް އަޅުގަނޑަ ނުލިބެންވީ.

    52
    8
  5. ދޮންބުލާ

    ލިޔުން ފުރިހަމަ އެކަމަކު ދެފަރާތުގެ އާއިލާގެ ބަހެއް ހިމަނާލިނަމަ ލިޔުން އިތުރަށް ފުރިހމަވީސް ތިޔަ ކަނބަލަކީ ﷲ މި ބިމަށް ފޮނުއްވި ޖަވާހިރެއްކަމަށް ޤަބޫލްކުރެވެނީ

    129
    3
  6. ރޮވޭ

    ﷲ އަށް ޙަމްދު ހުރި.
    ސެލިއުޓް ނަގަން މި އަންހެން ކަނބަލަށް.
    ތިޢީ ފިސާރި ކަނބަލެއް.

    152
    2
  7. މަށޭ

    މަރުހަބާ، ހަޤީޤަތުގަވެސް ތިއަންހެން ކުއްޖާއަކީ ވަރަށް ރަނގަޅު ޒުވާނެއް އަލީއަށް ތިލިބުނީ ޖަވާހިރެއް،ވސގެ ހަޔާތަށް އަހަރެމެން އެދެނީ އުފާވެރިކަން..ފޮޓޯތަށް ވަރަށްލޯބި، ހާއްސަކޮށް ރަން..ޒަވިޔަނި

    112
    2
  8. އިމާމް

    ما شاء الله‎ ما شاء الله‎ ما شاء الله‎ ما شاء الله‎ ما شاء الله‎ ما شاء الله‎ ما شاء الله‎
    ހެޔޮލަފާ ތަގުވާވެރި އަންބެއް. ހެޔޮލަފާ ފިރިއެއް.
    ޔާ الله މިދެކުދިންނަށް ޖަންނަތުގަވެސް އުފާވެރިކަން މިންވަރު ކުރައްވާށި..

    عَنْ عُمَرَ أَنَّ رَسُولَ اللَّهِ صَلَّى اللَّهم عَلَيْهِ وَسَلَّمَ قَالَ إِنَّمَا الْأَعْمَالُ بِالنِّيَّةِ وَلِكُلِّ امْرِئٍ مَا نَوَى فَمَنْ كَانَتْ هِجْرَتُهُ إِلَى اللَّهِ وَرَسُولِهِ فَهِجْرَتُهُ إِلَى اللَّهِ وَرَسُولِهِ وَمَنْ كَانَتْ هِجْرَتُهُ لدُنْيَا يُصِيبُهَا أَوِ امْرَأَةٍ يَتَزَوَّجُهَا فَهِجْرَتُهُ إِلَى مَا هَاجَرَ إِلَيْهِ

    80
    1
  9. މަހޭޝް

    މާތް ﷲ ތި ދެކަނބަލުންގެ ކައިވެނީގައި ބަރަކާތް ލައްވައި، އުފާވެރި ޒަވާޖީ ޙަޔާތެއް މިންވަރު ކޮށްދެއްވާށި.

    62
  10. ހެޔޮބަސް

    ޝުކުރިއްޔާވަގުތުނޫހަށްމިކަމުގައެންމެބޮޑުޝުކުރެއްޙައްޤްވާފަރާތަކީވަގުތުނޫސްނުކުޅެދޭޢަލީޙުސައިންގެޙަޔާތުގެ ބައިވެރިއަކަށް އެހާސާލިހުއަންބަކުލިބުމަށް ﷲ މެދުވެރިކުރެއްވީ ވަގުތުނޫންސް އިހްލާސްތެރިކަމާ، ތެދުވެރިކަން މާތްﷲ ދެނެވޮޑިގެންވޭ ވަގުތުނޫސް ވަރަށް ފާހަގަކުރެވޭ ހިގާޚަބަރުތައް ގެނެސްދިނިމުގެއިތުރަށް ހާލުގަޖެހިފައިވާފަރާތްތަކުގެވާހަކަތަކާ،އެފަރާތްތަކުގެބޭނުމާ
    ބޭނުންޖެގިފައިވާ ފަރާތްތަކުގެ ވާހަކަތަކާ އެފަރާތްތަކުގެ ބޭނުންތައް އިންސާނީ ޚިދުމަތެއްގެ
    ގޮތުގައި ހާމަކުރައްވާކަން ޢަލީޙުސައިންގެ މިވާހަކަތަކުންވެސް މިކަންހާމަވޭ މިއީ އެހެންނޫސް
    ތަކުން އިބްރަތްހާސިލްކުރައްވަންވީކަމެއް މިއީ އެހެންނޫސްތަކަށްބުނާ ބަދުބަހެއްނޫން ވަގުރުނޫހުން ކުރައްވާމަސައްކަތުން ލިބޭފޮނިނަތީޖާތަކުން އުފަލުންފާޅުކުރެވުނު ޝުޢޫރެއް
    ޢަލީޙުސައިނަށް ދަންނަވަން ވަގުތުނޫސްމެދުވެރިކޮށް ޢަލީޙުސައިނަށް ތިލިބިލެއްވިނަސީބަކީ
    އިންސާނަކަށް ލިބޭނެ ވަރަށްބޮޑު ފުރިހަމަނަސީބެކޭ ވީމާ. ދުވަހަކުވެސް ވަގުތުނޫސްމަތިން
    ހަނދާންނައްތާ ނުލައްވައްޗޭ

    43
    3
  11. މުހަަަަައްމަދު އަހުމަދު

    ވަރަށް އުފާވެއްޖެ...ބަރަކާތް ލައްވާށި އާމީން...
    ?♥️

    29
  12. ހުސޭނުބޭ

    ވަރަށް ހިތްހަމަޖެހިއްޖެ!

    25
    1
  13. ދެރަކަމެއް

    ޢަލީއަށް ތިޔަ ލިބުނު ޖަވާހިރަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް ނޭނގެ. ޢަލީގެ ހިތްވަރުގަދަ އަންހެނުންނަށް ޝުކުރިއްޔާ! ބާއްޖަވެރި ޒަވާޖީ ޙަޔާތެއް މިންވަރު ކުރައްވާށި! އާމީން!

    33
    2
  14. ބަތްނުކާ އަލީ

    އާމީން.

    16
  15. އަބްދުއްالله‎

    އަލްހަމްދުالله‎ މިދުނިޔޭގަ ރަގަޅު އަންހެނުން ތިބޭ...އޮއްތޮގެ އަންހެނުން އަކީ ވެސް ވަރަށް ހިއްވަރު ގަދަ އަންހެނެއް...ما شاء الله‎

    19
  16. ކުޑާ

    އާމީން
    ހެޔޮދުޢާ ކޮއްދެއްވި އެންމެންނަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރަން.
    ކޮންމެ މީހަކީވެސް އަނެކާގެ އިހުސާސްތަކަށް އިހްތިރާމްކުރާ މީހެއްނަމަ ހާދަހާ ރަނގަޅޭ...

    13
    1
  17. Baek hyun

    ވަރަށް ހެޕީވެއްޖެ

  18. ތަހުޒީބު މީހާ

    އަލްހަމްދުﷲ