ކައިވެނި ކުރުމުގެ ސަބަބުން ދިމާވާ ސިއްޙީ ފައިދާތަކުގެ ވާހަކަ އަބަދުވެސް އަޑުއިވެއެވެ. ކައިވެނި ކުރުމުގެ ސަބަބުން ނަފްސާނީ ގޮތުން ދުޅަހެޔޮވެ، އުމުރު ދިގުވާކަމަށްވެސް ދިރާސާތަކުން މިވަނީ މީގެ ކުރިން ދައްކާފައެވެ. އެހެންނަމަވެސް ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ކައިވެނީގެ ސަބަބުން ބޮޑަށް ފައިދާ ކުރަނީ ފިރިހެނުންނަށެވެ.

ދަ ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިންއާއި ޔުނިވަރސިޓީ ކޮލެޖް ލަންޑަންއާއި ގުޅިގެން ކުރިޔަށް ގެންދިޔަ ދިރާސާއެއްގައިވާގޮތުން ކައިވެނި ކޮށްގެންއުޅޭ އަންހެނާއަށް ކައިވެނި ނުކޮށް އުޅޭ އަންހެނުންނަށް ދިމާވާ ސިއްހީ މައްސަލަތަށް ކުރިމަތިވެއެވެ، އެހެންނަމަވެސް ފިރިހެނުން ކައިވެނީގެ ފަހުން ދިމާވާ މައްސަލަތަށް ކައިވެނި ނުކޮށްތިބޭ ފިރިހެނުންނާ އަޅާ ބަލާއިރު އެތަށް ތަނެއް މަދުވެއެވެ.

މިދިރާސާގައި ވާގޮތުން ކައިވެނި ނުކޮށް އުޅޭ މީހަކަށް ޑައިބެޓީކްސްއާއި، ހައި ބްލަޑް ޕްރެޝަރ އަދި އޮބޭސިޓީ ޖެހުމުގެ ފުރުސަތު، ކައިވެނިކޮށްގެން އުޅޭ މީހަކާ ހަމައެއްވަރެވެ. އެހެންނަމަވެސް ފިރިހެންނަށް ކައިވެނީގެ ފަހުން މިމައްސަލަތަށް ޖެހުމުގެ ފުރުސަތު ކުޑައެވެ.

ޖުމްލަ 10،000 މީހުން ބައިވެރިކޮށްގެން ހެދި މިދިރާސާގައި ފުރަތަމަ ބަލާލެވިފައިވަނީ އެމީހަކަށް ދިމާވެފައިވާ އެމީހުން އިނުމުގެ ކުރިންނާއި އިނުމަށްފަހު ޑަކްޓަރަށް ދައްކާފައިވާ ބަލިތަކެވެ. އަދި އެއަށްފަހު އެމީހުނާ އެކަމާ ބެހޭގޮތުން އިންޓަރވިއުކޮށް އެމީހުންގެ ބަސް މިކަމުގައި ހޯދާާފައިވެއެވެ.