ބޮލީވުޑްގެ ބަތަލާ ބިޕާޝާ ބާސޫ އާއި ކަރަންގެ ކައިވެންޏަށް ދެ އަހަރުވީއެވެ. ދެތަރިންގެ ގުޅުން ވަރަށް ވަރުގަދައެވެ. ކައިވެންޏަށް ފަހު މި ދެތަރިން އަބަދު ކަހަލަ ގޮތަަކަށް އުޅެނީ ދަތުރުތަކުގައެވެ. ބެލެވޭގޮތުގައި އަދިވެސް ދެ ތަރިންގެ ހަނީމޫން ނުނިމެނީއެވެ.

މި ދެތަރިންގެ ކައިވެންޏަށް ދެ އަހަރުވެފައިވާއިރު، މި ދެތަރިންނަށް ދަރިއެއް ލިބޭނެ ދުވަހަަކަށް ފޭނުން ތިބީ އިންތިޒާރުގައެވެ. އެހެން ނަމަވެސް ބިޕާޝާ އަދި އެކަމަށް ތައްޔާރެއް ނޫނެވެ. ބިޕާޝާ މިގޮތަށް ބުނެފައި ވަނީ ބައެއް ފަރާތްތަކުން އޭނާ ބަނޑުބޮޑުކަމަށް ދައްކަމުންދާ ވާހަކަތަކަށް ރައްދުދެމުންނެވެ.

ބިޕާޝާ އާއި ކަރަންއަށް ދަރިއެއް ލިބެން އުޅޭ ވާހަކަ ފެންމަތިވެފައި ވަނީ އެއް ދުވަހެއްގައި ދެތަރިން އެކުގައި މުމްބާއި ހޮސްޕިޓަލަކުން ފެނުމުންނެވެ.

މި ދެތަރިންގެ ސްޕޯކްސްޕާސަން ބުނީ". ބިޕާޝާ ބަނޑުބޮޑުކަމަށް ފަތުރަމުން އަންނަ ވާހަކަތަކަކީ ހަގީގަތާ ހިލާފު އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް". ކަމަށެވެ.

އަދި މިކަމާއި ބިޕާޝާވެސް ވަނީ ވާހަކަދައްކާފައެވެ. އޭނާ ބުނާގޮތުގައި، ދަރިއަކު ހުރުމަކީ ދިރިއުޅުމަށް އުފާވެރިކަން ގެނެސްދޭކަމެއްކަމަށް އޭނާއަށްވެސް އިނގޭއިރު، އޭނާ އަދި އެކަމަށް ތައްޔާރެއް ނޫނެވެ. އަދި އޭނާ ވަނީ ފާޅުގައި އަދި ދަރިއަކު ބޭނުންނުވާކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު