ހަރުފަ ވިހައިން އަސަރެއް އޭނާއަށް އަސަރު ނުކުރާ ކަމަށް ދައުވާ ކުރާ މީހަކު ދުނިޔޭގެ އެންމެ ނުރައްކާތެރި އެއް ބާވަތުގެ ހަރުފަ ކަމަށްވާ ބްލެކް މަމްބާ ވިހަލުމަށް ފުރުސަތު ދީފިއެވެ.

އެމެރިކާގެ ވިސްކޮންސިންއަށް ނިސްބަތްވާ ޓިމް ފްރައިޑް ބުނާ ގޮތުގައި އޭނާ އަކީ ހަރުފަ ގެންގުޅުމުގައި 17 އަހަރުގެ ތަޖުރިބާ ހުރި މީހެކެވެ. އަދި ދައުރުގެ ތެރޭގައި އޭނާގެ ގައިގައި 200 އަށް ވުރެ ގިނަ ފަހަރު ހަރުފަ ދަތް އަޅާފައިވާ ކަމަށް އޭނާ ބުނެއެވެ.

200 އަށް ވުރެ ގިނަ ފަހަރުވެސް ހަރުފަ ވިހަލުމުން ޓިމް މަރުވެފައި ނުވާ އިރު އޭނާ މިހާރު ދައުވާ ކުރަނީ އޭނާއަށް ހަރުފަ ވިހައިން އެއްވެސް އަސަރެއް ނުކުރާ ކަމަށެވެ. އަދި އެކަން ސާބުތުކޮށްދެން އޭނާ މީގެ ކުރިންވެސް މަސައްކަތް ކޮށްފައިވެއެވެ.

އެގޮތުން އުމުރުން 39 އަހަރުގެ ޓިމް ވަނީ ދުނިޔޭގެ އެންމެ ވިހަ ގަދަ ހަރުފައިގެ ބާވަތެއް ކަމަށްވާ ބްލެކް މަމްބާ އޭނާގެ ގައިގައި ދަތް އަޅާ މަންޒަރު ރިކޯޑުކޮށް މީސް މީޑިއާގައި ހިއްސާ ކޮށްފައެވެ. ބްލެކް މަމްބާގެ ވިހަ އަކީ އިންސާނާގެ ހަށިގަނޑުގެ ތެރެއަށް އެތެރެވުމަށްފަހު ލޭ ގަނޑު ކޮށްލާ އެއްޗެކެވެ. ނަތީޖާއެއްގެ ގޮތުން 15 މިނެޓު ތެރޭގައި އިންސާނާ މަރުވެދެއެވެ.

ޓިމްގެ އަތުގައި މިހާތަނަށް 4 ފަހަރު ބްލެކް މަމްބާ ދަތް އަޅާފައި ވެއެވެ. އޭނާ މަރުނުވި ނަމަވެސް އެއްފަހަރު ހަފްތާއެއް ވަންދެން ކޯމާއެއްގައި އޮންނަން ޖެހުނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އަސަރެއް ވާ ނުކުރޭ! އެކަމަކު ހަފްތާ އެއް ވަންދެން ކޮމާގަ؟..އަރަތެއް...ކެކެކެކެ