މޭގަން މާކެލް އާއި ޕްރިންސް ހެރީ ދިރިއުޅުމަށް ރާނީ އެލިޒަތު ދެއްވި ވިންސާ ގަނޑުވަރުގެ މަރާމާތައް ޓެކްސް ޕޭޔަރުންގެ ފައިސާ އިން 2.4 މިލިއަން ޕައުންޑް (ދިވެހި ރުފިޔާ އިން ބަލާނަމަ ގާތްގަނޑަކަށް 50 މިލިއަން ރުފިޔާ) ޚަރަދު ކޮށްފިއެވެ.

ކުރިން ޝާހީ އާއިލާގެ މުވައްޒަފުން މަޑުކުރާ ފަސް ކޮޓަރީގެ ގަނޑުވަރު މިހާރު ވަނީ ގިނަ ބަދަލުތަކަކާއި އެކު މުޅިން އާކޮށްފައެވެ. ގަނޑުވަރުގެ ސީލިންގް އެއްކޮށް ބަދަލުކޮށްފައި ވާއިރު އާފާހާނާތަކާއި ކޮޓަރިތައް ހަދާ ބަދިގެއަށް ވެސް ވަނީ ބޮޑެތި ބަދަލުތައް ގެނެސްފައެވެ. މީގެ އިތުރުން ގަނޑުވަރުގައި ވަނީ ޔޯގާ ރޫމެއް ވެސް ތައްޔާރު ކޮށްފައެވެ.

މިގަނޑުވަރަކީ ހީތުރޯ އެއާޕޯޓަށް ދަތުރު ކުރާ ފްލައިޓްތަކުގެ އަޑު ވަރަށް ގަދައަށް އިވޭ ހިސާބުގައި ހުރި ގަނޑުވަރަކަށް ވާތީ މިހާރު ވަަނީ ގަނޑުވަރު ސައުންޑް ޕްރޫފް ވެސް ކޮށްފައެވެ. އެހެންކަމުން ގަނޑުވަރުގެ ބޭރުން އެއްވެސް އަޑެއް މިހާރު ގަނޑުވަރުގެ އެތެރެއަކަށް ނީވޭނެއެވެ.

ކުރިން ލަފާ ކުރެވިފައި އޮތީ ގަނޑުވަރުގެ މަރާމާތައް ތިން މިލިއަން ޕައުންޑް ޚަރަދު ވާނެ ކަމަށެވެ.

މިގަނޑުވަރަކީ ޕްރިންސް ހެރީ އާއި މޭގަން ކައިވެނި ބައްލަވައިގެންނެވިތަނާ ރާނީ އެލިޒަބަތު ހަދިޔާ އަކަށް ދެއްވި ގަނޑުވަރެކެވެ. ނަަމަވެސް މިހާތަނަށް ގަނޑުވަރަށް މޭގަން އާއި ހެރީގެ ދިރިއުޅުން ބަދަލު ކުރައްވާފައި ނުވަނީ މަރާމާތުގެ މަސައްކަތްތައް ނުނިމޭތީ އެވެ.

އިނގިރޭސިވިލާތުގެ އާއްމު ރައްޔިތުން ޓެކްސްގެ ގޮތުގައި ދައްކާ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ޝާހީ އާއިލާ އަށް ޚަރަދު ކުރުމަކީ އެގައުމުގެ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮރަޕްޝަން

    ނަޝީދުގެ އިނގިރޭސިވިލާތުގެ ވެސް ހާލަތު ނިކަން ދެކިބަލަ. ރައްޔިތުންގެ ޓެކްސް ފައިސާ އެ ކާލަނީ ޝާހީ އާއިލާ އިން.

    5
    2