އިންޑިޔާގައި ޓިކްޓޮކް އެޕްލިކޭޝަން މެދުވެރިކޮށް، ޑްރަގް ފަދަ ތަކެތި ލިބެން ހުންނާނެތަނާ، މާރާމާރީއަށް މަގުފައިވާ ގޮތަށް ވީޑިއޯ ހަދާފައިވާތީ އިންޑިޔާގެ މީހަކު ހައްޔަރުކޮށްފިއެވެ.

އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިމީހާ ހައްޔަރުކޮށްފައިވަނީ މިކަންތައް ތަކުރާރު ނުކުރުމަށް އެތައް ފަހަރަކު ނަސޭހަތް ދިނުމުންވެސް އިސްލާޙް ނުވުމުން ކަމަށެވެ.

"މުޖުތަމައަށް ބިރުވެރިކަން އުފެދޭ ފަދަ ވީޑިއޯތައް ހަދާފައި އެބަހުރި، ކުށްތަކަށް އަރައިގަތުމަށް މަގުފަހިކޮށްފައިއާއި، ކުށްތަކަށް އަރައިގަންނާނެ ގޮތްވެސް، މިހެންވެ ވީޑިއޯތައް ޑިލީޓް ކުރަން ތަކުރާރުކޮށް އެދުނިން. އެކަމަކު އެކަމެއް ނުކުރި، އެހެންވެ ބާރުގެ ބޭނުން ކުރަން ޖެހުނީ." އިންޑިޔާގެ ފުލުހުން މީޑިޔާއަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

އިންޑިޔާގައި ޓިކްޓޮކް ބޭނުން ކުރުންވެސްވަނީ މީގެ ކުރިން މަނާކޮށްފައެވެ. އެއީ އެ އެޕް މެދުވެރިކޮށް މީހުން ބަރަހަނާވެ، ކުޑަ ކުދިންގެ އަބުރަށް އަރައިގަންނަމުންދާ ކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު