މީގެ ކުރިން ކުޑަކުދިންނަށް އެސައިމެންޓްގެ ގޮތުގައި ދެމުންދިޔައީ ފޮތްތަކާއި ކަރުދާސްތަކެވެ. އެހެންނަމަވެސް ޒަމާނަށްއައި ބަދަލައިއެކީ މިހާރު އެސައިމެންޓަށްވެސް ވަނީ ބަދަލުއައިސްފައި އެވެ.

6 އަހަރުގެ ކާރްޑެން ކޯޓްސް ބަންދު ހަފްތާގައި ހަވާލުކުރީ މޫސުމާއި ގުޅޭ ރިޕޯޓެއް ތައްޔާރުކުރުމަށެވެ. އެ އެސައިމެންޓް ހެދުމަށް ކާރްޑެންގެ އާއިލާގެ އެހީއަށް އެދުމުން އޭނާގެ ބައްޕައަށް ލިބުނީ ފައްކާ ހިޔާލެކެވެ. އެއީ ކާރްޑެންގެ މަޖާ މިޒާޖުގެ ބޭނުންހިފާ އެކަމަށް ކުޑަ ފިލްމެއް ކުޅެލާށެވެ.

ކާރްޑެންގެ ބައްޕަ އަކީ ނަޝްވިލާގައި ހުންނަ ޑިޖިޓަލް ވީޑިޔޯ ނެޓްވޯކްގައި އިސްކޮށް މަސައްކަތްކުރާ މީހެއް ކަމުން ވީޑިޔޯ ތައްޔާރުކުރުމަށް އުދަނގުލެއް ނުވާނެއެވެ.

ކާރްޑެންގެ ބައްޕަ ބުނިގޮތުގައި މި ވީޑިޔޯއިން އެންމެ ކަމުދަނީ ކޯޓްސްގެ އަމިއްލަަވަންތަކަން ފެނިގެންދާތީ ކަމަށާއި ކާރްޑެންގެ އެކްޓް ފެނިފައި އެއީ 6 އަހަރު ކުއްޖެއްކަންވެސް ގަބޫލުނުުކުރެވޭނެ ކަމަށެވެ.

އެ ވީޑިޔޯ ޔޫޓިއުބްގައި އާންމު ކުރުމާއިއެކު މީސްމީޑިޔާގައި ވަނީ ވީޑިޔޯ ވައިރަލް ވެފައި އެވެ. އަދި މިހާތަނަށް 750،000 މީހުން އެ ވީޑިޔޯ ބަލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު