އުމުރުން 55 އަހަރުގެ ސްޕެއިންގެ އަންހެނެއްގެ ގަޔަށް ކުޅަނދުރެއް ކަށި ޖެހުމުން ދިން ފަރުވާއަކަށްފަހު އޭނާ މަރުވެއްޖެއެވެ.

ޚަބަރުތައް ބުނާގޮތުގައި، މި އަންހެން މީހާ މީގެ ދެ އަހަރު ކުރިން ވެސް އުޅެމުން ދިޔައީ ކުޅަނދުރުގެ އުނދަގުލާއިއެކުގައެވެ. އަދި މަރުވެފައިވަނީ ކުރި ފަރުވާއެއްގެ ސަބަބުން ގުނަވަނެއް 'ފެއިލް" ވުމުންނެވެ.

"މިއީ އަސްލު ދޭން އެހާ ރައްކާތެރި ފަރުވާއެއް ނޫން. އެކަމަކު މީގެ ކުރިންވެސް މި ފަރުވާ ވާނީ ބައެއް މީހުން ހޯދާފަ. އެހެންނަމަވެސް މި ފަރުވާ ހޯދުމަށްފަހު މަރުވި ފުރަތަމަ ޕޭޝަންޓް މިއީ" މި ފަރުވާ ދެއްވުމުގައި އިސްކޮށް ހުންނެވި ޑޮކްޓަރަކު ބުނެފައިވެއެވެ.

މި ކަމަށް ފަރުވާ ހޯދުމަށް އެ އަންހެން މީހާ، ފާއިތުވެ ދިޔަ ދެ އަހަރު ތެރޭގައި ކޮންމެ މަހަކު ވެސް ޑޮކްޓަރަށް ދައްކާފައިވެއެވެ. ނަމަވެސް އިތުރު އެހެން ބައްޔަކަށް އޭނާ ފަރުވާ ހޯދާފައެއް ނުވެއެވެ. އަދި ކުޅަނދުރު ހިފުން ފިޔަވައި އެއްވެސް ޒާތެއްގެ އެލާރޖިކް އެއް ކުރިމަތި ނުވާކަމަށް ވެސް ޑްކޮޓަރުންނާއި ހަވާލާދީ ޚަބަރުތައް ބުނެއެވެ.

"މި ކަމަށް އާންމު ހޭލުންތެރިކަން އިތުރު ކުރަން އެބަ ޖެހޭ. އެހެންނޫނީ މިއީ ވޭނުން ފުރިގެންވާ، ދިރިހުރުމަށް ވެސް ނުރައްކާތެރި ކަމެއް" މަރުވި އަންހެން މީހާއަށް ފަރުވާދިން ޑޮކްޓަރު މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

މިއީ މިފަދަ ފަރުވާއެއް ދިނުމުގެ ތެރޭގައި މީހަކު މަރުވި ފުރަތަމަ ފަހަރުކަން ވެސް ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަ

    ކުރި ފަރުވާއެއް ތަފްސީލު ކޮއްލި ނަމަ! ދިން ފަރުވާއެއް ނޭނގެ ކިޔާ ނިމުނު އިރުވެސް!